ށަވިޔަނި އަތޮޅު ފޯކައިދޫއަށް އުފަން އުދައިޝާން (އުދޭ) އަކީ މުޅި ފޯކައިދޫ އެދަރިއަކަށްޓަކައި ފަހުރުވެރިވާ ދަރިއެއްކަން ފާހަގަ ކޮށްލެވެނީ ސަބަބެއް ނެތިއެއްނޫނެވެ. އުމުރުން އެންމެ 21 އަހަރުގެ އުދޭ ވަނީ އުފަން ރަށުގެ ނަން ޒީނަތްތެރިކޮށް ފިރިހެން ނަރުހެއްގެ ގޮތުން ރީތި ނަމޫނާއެއް ދިވެހިންނަށް ދައްކުވާދީފައެވެ.
އާދައިގެ ދިރިއުޅުމެއް އުޅުމެއްދިޔަ އާއިލާއަކަށް އުފަންވި އުދޭ ވަނީ 2013 ވަނަ އަހަރުގައި ފޯކައިދޫއިން ގުރޭޑް 10 އަކާ ހަމައަށް ތައުލީމު ހާސިލުކޮށްފައެވެ. ނަރސިން ދާއިރައިން ކުރިއަށް ދިޔުމުގެ ސަބަބެއްކަމުގައި އުދޭ ފާހަގަކުރީ " ބަލިވުމުގެ ސަބަބުން ރަށުގެ ސިއްހީ މަރުކަޒައް ގެންދެވުނުއިރު ރަށުގެ ސިއްހީ މަރުކަޒުގައި އެއްވެސް ފިރިހެން ނަރުހަކުނެތް، ނަރސިންގެ ދާއިރާ އާއިމެދު ފިކުރު ކުރަން މަޖުބޫރުވެ ނާރސިން ކިޔެވުމަށް އަޒުމު ކަނޑައެޅީ އެދުވަހުން ފެށިގެން ". މިކަމުގެ މުހިންމު ކަމާއިމެދު ހިޔާލުކޮށް އަޒުމުގައި ކުރިޔަށްދިޔުމުގެ ނަތީޖާ ކިތަންމެހައިވެސް ފޮންޏެވެ.
ދަތިދުވަސްތަކެއް އެއިރު ވޭތުކުރަމުންދިޔަ އުދޭ ވަނީ އާއިލާގެ މަސައްކަތުން ނާރސިން ދާއިރާއިން ކުރިޔަށް ދިޔުމަށް 2014 ވަނަ އަހަރު ލާމު ގަމުން އެޑްވާންސް އިން ނާރސިން ފުރިހަމަކޮށްފައެވެ. އެއަށްފަހު 2015 ވަނަ އަހަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަޒީފާއަށް ނިކުންނަވާ މިރޮނގުން އިތުރަށް ކުރިޔަށް ދިޔުމަށް ޑިޕްލޮމާއިން ނަރސިން ފުރިހަމަ ކުރަމުން މިހާރު އެދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ހުރި ހަމައެކަނި ދިވެހި ފިރިހެން ނަރުހުގެ ޝަރަފާއި އެކުގައިކަން ފާހަގަ ކޮށްލެވެއެވެ.

މިރޮނގުން ކުރިޔަށް ދިޔުމަށް ކުޅުދުއްފުށި ހިޔާރު ކުރެއްވުމުގެ އެންމެ ބޮޑު ސަބަބަކަށް ވެގެންދިޔައީ ގިނަބަޔަކަށް ހިދުމަތްދެވި، ހެލްތު ސެންޓަރަކާއި އަޅާބަލާއިރު ގިނަ ތަޖުރިބާތަކެއް ކުރުވެމުގު ފުރުސަތު ލިބޭނެ އެއްތަނަކަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ވުމުންކަމުގައި އުދޭ ފާހަގަކުރިއެވެ.
ހިތްހެޔޮ މިޒާޖުގެވެރި އުދޭގެ ދުރުވިސްނުމުގައި ބެޗްލާ، މާސްޓާ، ޕީ.އެޗް.ޑީ ނާރސިންގެ ރޮނގުން ހާސިލްކުރަން ބޭނުންވާކަން ފާހަގަ ކޮށްލެވެއެވެ. މުޅިރާއްޖޭގައިވެސް އުދޭ ފާހަގަ ކޮށްލެވެނީ ދިވެހި ފިރިހެން ނަރުސްކަން ކިޔެވި 6 ވަނަ ފިރިހެން ދަރިވަރުގެ ގޮތުގައެވެ. ސުކޫލުތަކުގެ އެކިއެކި ހަރަކާތް ތަކުގައި ބައިވެރިވެ ފިރިހެން ނަރުހުން އުފެއްދުމަށް ހިތްވަރުދީ އެކަމުގެ މުހިންމު ކަމާއިމެދު ހޭލުންތެރި ކުރެއްވުމަށް އުދޭ ވަނީ އަމަލީގޮތުން ތަމްސީލު ވެފައިކަން ފާހަގަ ކޮށްލެވެއެވެ. މިދާއިރާގައި ކުރިޔަށްދިޔުމަށް އެތައްބައެއްގެ ހިތްވަރު މިހާރު ލިބުނު ނަމަވެސް މިރޮނގުން ކުރިއަށް ދިޔުމަށް ނިންމި ނިންމުމުގައި ގިނަ ސުވާލުތަކެއް އުދޭއަށް އެއިރު ކުރިމަތި ކުރުވިކަން ފާހަގާ ކޮށްލަން ޖެހެއެވެ.
ﷲ ސުބްހާނަހޫ ވަތައާލާއަށް ޝުކުރުވެރިވާހާލު މަންމަގެ އެއްބާރުލުން މިކަމުގައި އުދޭ ފާހަގަ ކުރަނީ އުފަލާއި އެކުގައެވެ. އާއިލާ މީހުންނާއި ރަހްމަތްތެރިންގެ ނަން އެއާއި ވިއްދާ ފާހަގަ ކުރީ އުދޭގެ ލޯބިވާ މަންމައަށް ފަހުގައި ކަމުން، އާއިލާއާއި ދުރުގައި އުޅެމުންދާ އުދޭގެ ހިތުގައި މަންމައަށް އޮތް ލޯތްބާއި ދަރަޖަ ހާމަވެގެންދެއެވެ.
ނާރސިންގެ ދާއިރާއަކީ ހަމައެކަނި އަންހެނުންނަށް ހާއްސަވެފައިވާ މަސައްކަތެއް ނޫންކަމަށް ފާހަގަކޮށް، ހިތްވަރުގަދަ އުދޭ މިރޮނގުން އެންމެ ދެކެން ބޭނުންވާ އެއްދުވަހަކީ " ގިނަ ދިވެހި ޒުވާން ފިރިހެން ނަރުހުންތަކެއް ސިއްހީ މައިދާނުގައި ފައިތިލަ ސާބިތުކޮށް މުޖުތަމައުއިން އެހިދުމަތުގައި ފެނިގެންދާދުވަސް " ކަމަށް އުދޭ ދެކޭކަމީ މިދާއިރާއަށް ލިބޭނެ އިތުރު ހިތްވަރެއްކަމުގައި ވެގެންދާނެ އެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *