ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ގެ އެކައުންޓު ތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒްކޮށްފައި ވާ ކަމަށް ފުލުހުން ހާމަ ކޮށްފި އެވެ. އެ މަނިކުފާނު ގެ ނަމުގައި ހުޅުވާ ފައި ވާ ރުފިޔާ އެކައުންޓާއި ޑޮލަރު އެކައުންޓުގައި ހުރި ފައިސާގެ ޖުމްލަ އަދަދު 100 މިލިއަނަށް ވުރެ ގިނަ ކަމަށް ފުލުހުން ބުނެއެވެ.

ރައީސް ޔާމިން ގެ ނަމުގައި ރާއްޖޭގެ ބޭންކް ތަކުގައި ހުޅުވާފައި ވާ އެކައުންޓު ތައް ފްރީޒްކޮށްފައި މިވަނީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެކި ފަހަރު މަތިން ބޮޑެތި އަދަދު ތަކުން ފައިސާ ޖަމާކޮށް، އެ ފައިސާ އިން މުއާމަލާތް ކޮށްފައިވާ ކަމަށް ފާހަގަކުރެވޭ މައްސަލަ އެއް ގައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ އާއި ގުޅިގެން މިއަދު ތަޙުޤީޤަށް ހާޒިރު ކޮށް ރައީސް ޔާމިން އާއި ވަނީ ސުވާލު ކޮށްފައެވެ. އަދި އެ މަނިކުފާނު ތަޙުޤީޤަށް އެއްބާރުލުން ދީ ސުވާލު ތަކަށް ޖަވާބު ދީފައި ވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެއްބާރުލުން ލިބޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މިއަދު ފުލުސް އޮފީހުން ނުކުމެ ވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، ފުލުސް އޮފީހަށް ހާޒިރު ކުރެވުނީ އެމަނިކުފާނުގެ ކެމްޕޭނު އެކައުންޓަށް ޖަމާކޮށްފައި ހުރި ފައިސާއާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅޭގޮތުން ވެސް ސުވާލު ކުރެއްވިކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *