މިއީ ސިޔާސީ މައްސަލައެއް ކަމަށާއި، އެހެންނަމަވެސް މި މައްސަލައަށް އެންބާރުލުން ދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ޤާނޫނާއި ހިލާފު މާލީ މުއާމަލާތްތަކެއް ހިންގެވި މައްސަލައެއްގަށް މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވެ ވަޑައިގެން، ފުލުހުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށްފަހު، ނިކުމެ ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނާއި ފުލުހުން ސުވާލު ކުރެއްވެވީ ދެކަމެއްގައި ކަމަށެވެ. އެއީ އެމަނިކުފާނުގެ އެކައުންޓަށް ވަން ފައިސާގެ ދެކަމެއް ކަމަށް ވިދާޅުވިއެވެ. އޭގެތެރެއިން ފުރަތަމަ ކަމަކީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެމަނިކުފާނުގެ އެކައުންޓަކަށް ވަތް ފައިސާގެ މައްސަލަ އަކާއި އެމްއެމްޕީއާރުސީގެ ޗެކެއްގެ މައްސަލަ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެކަމުގައި އެމަނިކުފާނާއި އެކަނި ސުވާލު ކުރައްވަން ޖެހޭ ސަބަބު މުޅިން ސާފުނުވާ ކަމަށާއި އަދި އެމަނިކުފާނު ކެންޕޭނު ކުރެއްވެވީ އެކަންޏެއް ނޫންކަމަށާއި، އަދި ކެންޑިޑޭޓަކީ ވެސް އެމަނިކުފާނު އެކަނި ނޫންކަމުގައެވެ. އެހެންކަމުން އަނެއް ކެނޑިޑޭޓާއިވެސް ސުވާލުކުރައްވަން ވާނެކަމުގައެވެ.

އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ކޮށްފައިވާތީ އެވާހަކަ ފުލުހުންގެ ކައިރީގައި އައްސަވާލަން ހަނދުމަފުޅު ނެތްކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އެކައުންޓް ތަކުގަ މިލިއަނުން ފައިސާ ނުހުންނާނެކަމަށް ވިދާޅުވެ، ކެންޕޭނު އެކައުންޓަކީ 400 މިލިއަނާއި ހަމައަށް ޖަމާކުރެވޭ އެކައުންޓެއް ކަމާއި، ނަމަވެސް އެ އެކައުންޓުގައިވެސް ހުންނާނީ ގިނަވެގެން ވިއްސަކަށް މިލިއަން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިހާބެއް ވިއްސަކަށް މިލިއަނުން ނިމޭނީ ކިހިނެއްތޯ އެމަނިކުފާނު ސުވާލު ކުރެއްވެވިއެވެ.

މިމައްސަލައަކީ ކުރިއަށްދާ މައްސަލަ އަކަށް ވާތީވެ އަދިވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކުރާން ޖެހިދާނެކަމަށް، ފުލުހުން އެމަނިކުފާނުގެ އަރިހުގައި ވިދާޅުވެފައި ވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވެސް ރައީސް ޔާމީން އާއި އެކު ފުލުހުންގެ އިދާރާއަށް ވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *