މިއަދު ޕީޕީއެމް އިން ކުރަމުންގެންދާ މުޒާހަރާގައި ޖުމުހޫރީ ޕާޓީއަށް ނިސްބަތް ވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަަޝީދު ބައިވެރިވެ ވަޑައިގެންފިއެވެ.
ރައީސް ޔާމީންގެ ދިފާއުގައި ރިޔާޒް ނިކުންނެވިއިރު، ރިޔާޒް ވަނީ ދާދިފަހުން ޕީޕީއެމް ދޫކުރައްވާ ޖުމުހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ. ރިޔާޒް އަކީ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރަށްވާފައިވާ ބޭފުޅެކެވެ.
ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއާއި ގުޅިގެން ޕީޕީއެމްގެ ލީޑަރޝިޕަށް ރިޔާޒް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެއެވެ.
ރައީސް ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރެވުނީ، ޤާނޫނާއި ހިލާފު މާލީ މުއާމަލާތް ތަކެއް ހިންގަވާފައި ވާކަމުގެ ތުހުމަތުގައި އެކަން ތަހުގީގް ކުރެއްވުމަށެވެ.