ރައީސް ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވެ ވަޑައިގަތުމުން އެމަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލާ އެމްޑީޕީން ކުރިއަށްގެންދާ މުޒާރާގެ ބައިވެރިން ބޭންކް އޮފް މޯލްޑިވްސް ސަރަހައްދުގައި ތިބެ އަޑުއުފުލަމުން އެބަގެންދެއެވެ.
މުޒާހަރާގެ ބައިވެރިން ފުރަތަމަ އެއްވީ ޕީޕީއެމްގެ އޮފީސް ހިމެނޭ ސަރަހައްދަށް ކަމުގައި ވީނަމަވެސް ރައީސް ޔާމީނު ކާރުކޮޅުގައި ފުލުހުންގެ އިދާރާއަށް ވަޑައިގެންނެވުމާއި އެކު މުޒާހަރާގެ ބައިވެރިން ފުލުސް އޮފީސް ހިމެނޭ ސަރަހައްދަށް ދިއުމަށް މިސްރާބު ޖެހިއެވެ.
މި ސަރަހައްދަކީ ފުލުސް އޮފީހާއި އެންމެ ކައިރިން އެއްވެވޭނެ ސަރަހައްދު ކަމުގައި ވުމުން، ރައީސް ޔާމީނަށް ތާއީދު ކުރައްވާ މީހުންވެސް ތިބީ މިސަރަހައްދުގައެވެ. އެމްޑީޕީގެ ސަޕޯޓަރުންވެސް ތިބީ މި ސަރަހައްދުގައެވެ. ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ހިނގައިފައެއް ނުވެއެވެ. ޕީޕީއެމްގެ އިސްވެރިންވެސް ދަނީ މިސަރަހައްދަށް ވަޑައިގެން މުޒާހަރާގެ ބައިވެރިންނާއި ގުޅި އަޑުއުފުލަމުންނެވެ.
ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރެވުނީ، ޤާނޫނާއި ހިލާފު މާލީ މުއާމަލާތް ތަކެއް ހިންގެވި މައްސަލައެއް ތަހުގީގް ކުރެއްވުމަށެވެ.