ޕީޕީއެމްގެ މެންބަރުން މަޖިލީހުގައި އިހުތިޖާޖުކޮށް އަޑުގަދަ ކުރާތީ މަޖިލީހުގެ ޖަލްސާ މެދު ކަނޑާލައިފި އެވެ.

މަޖިލީހުގެ ޖަލްސާ ފެށިއިރު ބައެއް މެންބަރުން ތަޅުމުގެ ބޭރުގައި ހުރެގެން ދުންމާރިއަކުން އަޑު ގަދަ ކުރަމުން ދިޔަ އެވެ. މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އާއި ބައެއް މެންބަރުން ވާހަކަ ދައްކަވަމުން ދިޔަ އިރު ވެސް ދުންމާރި ފުމެ، ވާހަކަދައްކަން ދަތި ކުރުވުމަށް މަސައްކަތް ކުރަމުން ދިޔަ އެވެ.

އެކަމާ ހެދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވީ ތަޅުމުގެ ބޭރުގައި ތިއްބަވައިގެން ބައެއް މެންބަރުން ޖަލްސާ ކުރިޔަށް ގެންދިޔުމަށް ހުރަސް އަޅަމުން ގެންދާތީ މިވަގުތަށް ޖަލްސާ މެދު ކަނޑާލާ ކަމަށެވެ. މަޖިލިސް ދެން ފަށާނެ ވަގުތެއް ޖިލީހުގެ ރައީސް އިއުލާނެއް ނުކުރެ އެވެ.

މަޖިލީހުގައި މިއަަދު ތާވަލުކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ކޮމިޝަނަށް ބާރު ދޭ ބިލު ފާސް ކުރުމާއި ޕެންޝަނާ ބެހޭ ގާނޫން ފާސް ކުރުމެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *