ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހިންގަވާފައި ހާޒިރުވުމަށް ނިންމަވާފައި ވަނިކޮށް، އެމްޑީޕީން އެމަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލާ، ޕީޕީއެމްގެ އޮފީސް ހިމެނޭ ސަރަހައްދުގައި މުޒާހަރާ ފެށުމުން، ކާރުކޮޅުގައި ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވެ ވަޑައިގެންފިއެވެ.
އެމްޑީޕީން އެސަރަހައްދަށް އެއްވެފައި ވާއިރު، ރައީސް ޔާމީނަށް ތާއީދު ކުރައްވާ މީހުންވެސް ހަމަ އެސަރަހައްދަށް އެއްވެފައި ތިއްބެވެ. ރައީސް ޔާމީން ހިންގަވާފައި ފުލުހަށް ވަދައިގަތުމަށް ނިކުމެ ވަޑައިގަތް ވަގުތު ދެފަރާތުގެ ދެމެދުގައި ހޫނު ބަހުގެ ހަމަލާތައް ބަދަލުކުރެވުނު މަންޒަރު ވެސް ފެނިގެން ގޮސްފައި ވެއެވެ.
ރައީސް ޔާމީން ހިންގަވާފައި ފުލުހަށް ހާޒިރުވެ ވަޑައިގަންނަވާނޭކަން ހާމަކުރެއްވީ، ޕީޕީއެމްގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމެވެ.