ރައީސް ޔާމިން ފުލުހަށް ހާޒިރުވާނީ ހިންގާފައި ކަން އިއުލާން ކުރައްވާފައިވަނިކޮށް މިވަގުތާ ދިމާކޮށް މުޒާހަރާ ކުރަން ގޮވާލާ ގޮވާލުންތަކާއި ހަމަނުޖެހުން ހިންގުމަށް ކުރާ މަސައްކަތް ކުއްވެރިކުރާކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ދާދި ދެންމެއަކު ނެރުނު ނޫސްބަޔާނެއްގައި ޕީޕީއެމްއިން ބުނީ ރައީސް ޔާމިން ފުލުހަށް ހާޒިރުވުމަށް އެންގުމުން، ޕީޕީއެމްގެ މެމްބަރުންގެ އެދިލެއްވުމަކަށް އެމަނިކުފާނު ހިނގާފައި ވަޑައިގަންނަވާނެ ކަން އިއުލާން ކުރައްވައިފައި ވަނިކޮށް އެމްޑީޕީގެ ފަރާތްތަކުން މުޒާހަރާއަށް ގޮވައިލާ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އަދި މިކަމަކީ އެމަނިކުފާނަށް ގެއްލުމެއްދޭން ނުވަަތަ ކުރިމަތި ލުމަކަށް ދިއުމަށް މަގުފަހި ކުރުމައްޓަކައި އެމްޑީޕީން އިސްވެ އޮވެ ކުރަމުންދާ ކަމެއްކަމަށެވެ. މިފަދަ ގޮވާލާ ގޮވުންތަށް ކުއްވެރިކުރާ ކަމަށްވެސް މި ބަޔާނުގައި ވެއެވެ. އަދި މިފަދަ ޑިމޮކްރެސީއާ ބީރައްޓެހި އަމަލުތައް ހުއްޓާލުމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ގޮވާލާފައި ވެއެވެ.

ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ތުހުމަތުތަކަކާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމިން ވަނީ މިއަދު 14:00 އަށް ފުލުހަށް ހާޒިރުވުމަށް އަނގާފައެވެ.

އެގޮތުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލައެއް އެންޓި ކޮރޮޕްޝަން ކޮމިޝަން އިން ތަހުގީގުކޮށް އެފައިސާ އަންބުރާ އެންޓި ކޮރޮޕްޝަން ކޮމިޝަންއަށް ދައްކާފައި ވާ ކަމަށްވެސް ވަނީ އަޑުތަށް ފެތުރިފައެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއްވެސް ކުރީގެ ރައީސް ޔާމިނަށާއި އަދީބުގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *