ރޯދަ މަހަށް ނިންމުމަށް އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ މުހައްމަދު ޖަމީލް މިސްކިތުގެ (ފައި ފޮހޭ މިސްކިތް) ދެ ވަނަ ބުރިން ވެއްޓި، ސީރިއަސް އަނިޔާތަކެއް ލިބުނު އެސްޓީއޯގެ ހެޑް އޮފް އައިޓީގެ މަގާމުގައި ހުންނެވި، މުސްތަފާ އަޒްމީ އިތުރު ފަރުވާއަށް އިންޑިއާގެ ބެންގަލޫރަށް ގެންގޮސްފިއެވެ.

މުސްތަފާ އަޒްމީ ބެންގަލޫރަށް ގެންގޮސްފައިވާކަން އޭޑީކޭ ހޮސްޕިޓަލުން ވަނީ "ޖަޒީރާ"އަށް  ކަށަވަރުކޮށްދެއްވާފައެވެ. އަދި އޭނާ ބެންގަލޫރަށް ގެންދެވުނީ އާއިލާގެ އެދުމުގެ މަތިން ކަމަށްވެސް އޭޑީކޭއިން ބުނެފައިވެއެވެ.

އިމާރާތުން ވެއްޓުމުން މުސްތަފާ އަޒްމީގެ ބޮލަށާއި އެތެރެހައްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އޭނާ ބެންގަލޫރަށް ގެންގޮސްފައިވަނީ އިއްޔަ ހަވީރުގެ ވަގުތެއްގައި އެއަރ އެމްބިއުލޭންސްގައެވެ.

އުމުރުން 41 އަހަރުގެ މުސްތަފާ އަޒްމީ އެސްޓީއޯގައި މަސައްކަތް ކުރާތާ 25 އަހަރު ވެފައިވާއިރު، އޭނާ އަކީ އައިޓީ މަސައްކަތްތަކުގެ އިތުރުން އަތްތެރި މަސައްކަތް ކުރާ ބޭފުޅެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *