ޤާނޫނާއި ހިލާފު މާލީ މުއާމަލާތްތައް ހިނގަވާފައި ވާތީ އެކަން ތަހުގީގު ކުރެއްވުމަށް ރައީސް ޔާމީނު މިއަދު ފުލުހަށް ހާޒިރުކުރުވާތީވެ، އެމަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލާ އެމްޑީޕީގެ ސަޕޯޓަރުން ޕީޕީއެމްގެ އޮފީސް ކައިރިއަށް އެއްވެއްޖެއެވެ.

އެމްޑީޕީއަށް ތާއީދު ކުރައްވާ ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ އަޑު އުފުލަމުންދަނީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުގެ އިސްބޭފުޅުން ހައްޔަރު ކުރުމަށެވެ.

ޕީޕީއެމްގެ އޮފީހާއި ދާދި ކައިރީގައި ހުންނަ، ރައީސް ޔާމީނުގެ ގެކޮޅު ކައިރީގައި އެމަނިކުފާނަށް ތާއިދުކުރައްވާ މީހުންވެސް އެއްވެފައި ތިބިއިރު، ދެފަރާތުގެ ދެމެދުގައި ބަހުގެ ހަމަލާތައް ދަނީ ބަދަލުކުރެވެމުންނެވެ. އެގޮތުން އެމްޑީޕީ ސަޕޯޓަރުންދަނީ ރައީސް ޔާމީންގެ ވެރިކަމުގައި ގެއްލިފައިވާ ފައިސާއާއި ނުހައްގުން އަނިޔާލިބިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމައްޓަކައި ރައީސް ޔާމީން ހައްޔަރު ކުރަންޖެހޭ ކަމަށް ގޮވާލަމުންނެވެ. އަދި މިސަރަހައްދުގައި ފުލުހުން ދަނީ ތައްޔާރީ ހާލަތުގައި ހަރަކާތްތެރި ވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *