ގާނޫނު ކުރިމަތީގައި އެންމެން ހަމަހަމަ ވާނެކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނު ކުރިމަތީގައި އެންމެން ހަމަހަމަ ވާނެކަމަށާއި، އެންމެންގެ މައްޗައް ގާނޫނު ހިންގާނެ ކަމަށާއި ތުހުމަތު ކުރެވޭ މީހުން ތުހުމަތުތަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

ހޯމް މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ލިބިފައިވާ އަނިޔާތަކަށް އިންސާފު ހޯދައިދިނުމާއި، ރައްޔިތުންގެ މާލިއްޔަތުން ނުހައްގުން ގެއްލިފައިވާ ފައިސާ އާއި މުއްސަންދިކަން އަނބުރާ ހޯދުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. އަދި މިފަދަ ކަންކަމަށް ތުހުމަތު ކުރެވޭ މީހުން ތުހުމަތުތަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

މިމޭރުމުން ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ޓުވީޓު ކުރައްވާފައިވާއިރު، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ތުހުމަތުތަކަކާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމިން ވަނީ މިއަދު 14:00 އަށް ފުލުހަށް ހާޒިރުވުމަށް އަނގާފައެވެ. 

އެގޮތުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލައެއް އެންޓި ކޮރޮޕްޝަން ކޮމިޝަން އިން ތަހުގީގުކޮށް އެފައިސާ އަންބުރާ އެންޓި ކޮރޮޕްޝަން ކޮމިޝަންއަށް ދައްކާފައި ވާ ކަމަށްވެސް ވަނީ އަޑުތަށް ފެތުރިފައެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއްވެސް ކުރީގެ ރައީސް ޔާމިނަށާއި އަދީބުގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.