ނާށިގަނޑު ހިފައިގެން ނުދުވެ ރައީސް ޔާމީނާއި ވެރިކަން ހަވާލުކުރެއްވުމަށް ޕީޕީއެމް ޕާލަމެނޓްރީ ގުރޫޕްގެ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާނު ހުސެން މަނިކު ވިދާޅުވެއްޖެއެވެ. 

ދައުލަތުގެ ހަޒާނާގައި މުއައްޒަފުންނަށް މިމަހުގެ މުސާރަ ދެވޭނެ ވަރުވެސް ނެތްކަމަށް  ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވުމުން އެކަމަށް ދެއްވަމުން ނިހާނު ކުުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ތިޔަ ނޫންވަރެއް ނުވާނެ! ނާށިގަނޑު ހިފައިގެން ނުދުވެ އަވަހަށް އިސްތިއުފާދީފަ ގައުމު ސަލާންނުޖަހާ ހިންގި ރައީސް ޔާމީނު އާއި ހަވާލުކުރައްވާ" 

ޝާހިދު ވިދާޅުވެފައިވަނީ، ދައުލަތުގެ ބަޖެޓަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ލިބިގެން ނޫނީ ކުރިއަށްދެވޭން ނެތްކަމަށާއި، އެހެންކަމުން އިންޑިއާއިން 200 މިލިއަން ޑޮލަރު ހިލޭއެހީގެ ގޮތުގައި ލިބޭތޯ ބައްލަވަމުން ގެންދަވާކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *