ރަސްރަނިބަގީޗާގެ ނަން ބަދަލު ނުކުރެއްވުމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ އެދިލައްވައިފިއެވެ.

އަޝްރަފް އަލީ މިކަމަށް އެދިލެއްވީ އެބޭފުޅާގެ އަމިއްލަފުޅު ފޭސްބުކް އެކައުންޓާއި ޓްވިޓާ މެދުވެރި ކުރައްވައެވެ. އަދި ރަސްރަނިބަގީޗާގެ ތާރީހް އަންނަންއޮތް ޖީލުތަކަށް ގެންގޮސް ދިނުމަށް ކުރާންޖެހޭ ކަންކަމުގައި، ކަމާއިބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވުމަށްވެސް އެބޭފުޅާ ގޮވާލައްވާފައި ވެއެވެ. 

"ގައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނާއި ދިވެހި ބަހުގެ ހިމާޔަތުގައި 'ރަސްރަނިބަގީޗާ' މިނަން ބަދަލު ނުކުރައްވާ! އެ ބަގީޗާގެ ނަން ބަދަލުވަމުން އައިގޮތާއި އެތާގެ ތާރީހް ޒަމާންތަކަށް ދެމިހުންނާނޭ މަގުން ކުރާންޖެހޭ ކަންކަން ކުރާން ކަމާބެހޭ ފަރާތްތަކަށް އެހީތެރިކަން ދެއްވާ" އަޝްރަފް ވިދާޅުވެފައި ވެއެވެ.

އަޝްރަފް މިގޮތަށް އެދިލައްވާފައި ވާއިރު، ރަސްރަނިބަގީޗާގެ ނަން އަލުން 'ސަލްޓަން ޕާކް' އަށް ބަދަލުކުރާން އުޅޭކަމުގެ ވާހަކަތަކެއް ވަނީ ފެތުރިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.