ބ. އޭދަފުށީ ޕޯސްޓް އޮފީސް ފަޅާލައި އެތަނުން 1،500 ރުފިޔާ ވަގަށް ނަގައިފި އެވެ.
ފުލުހުން ވިދާޅުވީ، ރޭ 8:30 އެހާކަން ހާއިރު އޭދަފުށީގައި ހުންނަ ޕޯސްޓް އޮފީސް ފަޅާލައި އެތަނުގެ ތެރެއަށް ވަގުން ވަދެފައި ވަނީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިގެން ކަމަށެވެ.
އަދި އެ އޮފީހުން ވަގަށް ގެންގޮސްފައި ވަނީ 1،500 ރުފިޔާ އެކަނި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ތަހުޤީޤު ކުރަމުން އަންނައިރު، މިހާތަނަށް އަދި އެއްވެސް މީހަކު މި މައްސަލައިގައި ހައްޔަރުކޮށްފައެއް ނުވެއެވެ.