ރައީސް ޔާމީން މާދަމާ 14:00 އަށް ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގަންނަވާނީ ހިންގަވާފައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ފުލުހަށް ވަޑައިގަންނަވާނި ޕީޕީއެމް އޮފީހުން ފެށިގެން ހިންގަވާފައި ކަމަށެވެ.

"މާދަމާވެސް އެމަނިކުފާނު ޕޮލިހަށް ވަޑައިގަންނަވާނީ އެހުންނެވި ތަނަކުން ހިންގަވާފައި، އަޅުގަނޑުމެންގެ ސަޕޯޓަރުންގެ މައުލޫމާތަށްޓަކައި މިދެންނެވީ އެމަނިކުފާނު ވަޑައިގަންނަވާނީ ހަމަ ޕާޓީގެ އޮފީހުން ހިންގަވާފައި ޕޮލިސް ސްޓޭޝަނަށް އިގޭތޯ!" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަނދިރި ބިއްލޫރިޖެހި ކާރެއްގައި ރައީސް ޔާމީން ފުލުސް އޮފީހަށް ވަޑައި ނުގަންނަވާނޭ ކަމަށް އަބްދުއްރަހީމް އިތުރަށް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *