ރައީސް ޔާމިން ފުލުހަށް ހާޒިރު ކުރަނީ ސަރުކާރުން އިންޑިއާއި އެކު ހަދާ ޑީލްތަށް ސިއްރުކުރަން ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު، ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔަމީން ފުލުހަށް ހާޒިރު ކުރަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، އިންޑިއާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި ސޮއި ކުރައްވަން ހަމަޖެހިފައިވާ އެއްބަސްވުންތަކާއި މެދު ރައްޔިތުންގެ ތެރޭގައި އުފެދިދާނެ ކަންބޮޑުވުންތަކަށް ހިޔަނި އެޅުމަށް ކަމަށެވެ. އަދި އިތުރަށް ވިދާޅުވީ އެ އެއްބަސްވުންތަކުގެ ހަގީގަތް ރައްޔިތުންނަށް ސިއްރު ނުކުރެވޭނެކަމަށެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔަމީން ވަނީ ހޮނިހިރު ދުވަހުގެ 14:00 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަކަށް އެކިފަހަރުމަތިން ގިނައަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.