ނިމި ދިޔަ ރައީސް ޔާމީންގެ ސަރުކާރުން ބޮޑު ޚަރަދެއްކޮށް ނަން ބަދަލުކޮށްފައިވާ ރަސްރަނި ބަގީޗާގެ ނަން އަލުން އިހުއޮތް ގޮތަށް ސަލްޓަންޕާކްގެ ނަމަށް ބަދަލުކުރުމަށް އަންނަ އަންގާރަ ދުވަހު ތާވަލު ކުރެވޭނެކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ މިހެން ވިދާޅުވީ ރޭ ކުރެއްވި ޓްވީޓެއްގައެވެ. ޝިފާގެ ޓްވީޓަށް ރައްދު ދެމުން ގިނަ ބަޔަކު ބުނެފައިވަނީ އެކަމަށްވުރެ މުހިއްމު ކަންކަން އެބަހުރި ކަމަށާއި އަވަސް އަވަހަށް ނަން ބަދަލު ކުރުމަކީ އެހާ ކަމުދާ ކަމެއްނޫންކަމަށެވެ. އަދި ޒާތީ ގޮތް ގަނޑު ދޫކޮށް ރައްޔިތުންނަށް ފައިދާ ހުރި އެހެން ކަންކަން ކުރުން މާ ރަނގަޅުކަމަށެވެ.

ސަލްޓަންޕާކް ބިދޭސީންނާއި ކުށްކުރާ މީހުންގެ ހާއްޔަކަށްވެފައި ވަނިކޮށް ބޮޑު ބަދަލެއް ގެނެސް އެތަން ހުޅުވީ ޔާމީންގެ ސަރުކާރުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.