ނޫރުﷲ ތާހާ ޖަހައިދިން ހަ ލަނޑާއެކު ސާއްބަ އެނިވާސަރީކަޕްގެ ފެށުން ރިއަލް ސްޓަރސްއިން ރަނގަޅުކޮށްފިއެވެ.

ހދ. ހަނިމާދޫގައި އިއްޔެ ފެށި މި މުބާރާތުގެ ފުރަތަމަ މެޗު ރިއަލް ސްޓަރސް އަހުލީ ޖޫނިއަސްއާ ވާދަކޮށް ކާމިޔާބުކުރީ 8-2 ންނެވެ. ރިއަލް ސްޓަރސްގެ 8 ލަނޑުގެ ތެރެއިން 6 ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެޓީމުގެ ޖާޒީ ނަމްބަރ 7 ނޫރުﷲ ތާޙާއެވެ. އަނެއް ދެލަނޑު ޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަމްބަރ ހަސަން ޒިޔާދާއި ޖާޒީ ނަމްބަރ 9 މުހައްމަދު އަހުމަދެވެ. އަހުލީ ޖޫނިއަސްގެ ލަނޑުތައް ޖަހައިދިނީ އެޓީމުގެ ޖާޒީ ނަމްބަރ 9 އިބުރާހިމް އަލީ އާއި ޖާޒީ ނަމްބަރ 93 މުހައްމަދު ރަޝީދެވެ.

ޗެމްޕިއަން ޓީމަށް 10 ހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް 5 ހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިޔަށްދާނީ 13 ޑިސެމްބަރުން 26 ޑިސެމްބަރުގެ ނިޔަލަށް ހަނިމާދޫ ފުޓްބޯޅަ ދަނޑުގައެވެ. މިއީ ސާއްބަ އެކުވެރި ކުލަބުގެ އަހަރީ ދުވަހާއި ގުޅިގެން ބާއްވާ މުބާރާތެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.