ސްޕޯޓްސް ކައުންސިލަރުންގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފު އިއްޔަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރުންގެ ހިދުމަތް ދިނުމަށްވެފައިވާ ވައުދުފުއްދުމާއެކު އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުމަށް އެދޭ ކަމަށެވެ.

ސްޕޯޓްސް ކައުންސިލަރުންގެ ހިދުމަތް ރަށްތަކުގައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. 

ރަށްރަށުގައި ފިޓްނަސް އިންސްޓްރަކްޓަރުން މަސައްކަތް ކުރަމުން އަންނަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ކުރިއަށް ގެންދިޔަ "ސެޓްފިކެޓް 1 އިން ފިޓްނެސް އިންސްޓްރަކްޓަރ" ކޯސް ފުރިހަމަ ކުރުމަށް ފަހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *