ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް ހޮނިހިރު ދުވަހުގެ 14:00 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވާކަމަށް އިތުބާރުހުރި މަސްދަރުތަކުން ޖަޒީރާ ނިއުސް އަށް މައުލޫމާތު ލިބިއްޖެއެވެ.
އެނގިފައިވާ ގޮތުން، ރައީސް ޔާމީން ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަކަށް އެކިފަހަރުމަތިން ގިނައަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށެވެ.