ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ފުއްދުމަށް ވައުދުވެ ވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ފޮރިން މިނިސްޓްރީގެ ދަށުން ފުއްދަންޖެހުނު ހުރިހާ ވައުދެއް ފުއްދާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރެއިން ފޮރިން މިނިސްޓްރީއާ ހަވާާލުކޮށްފައިވާ ހުރިހާ މަސައްކަތެއް ނިންމާފައިވާ ކަން ފަހުރުވެރިކަމާއެކު އިއުލާން ކުރާ ކަމަށެވެ.

ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ ދެ ވައުދެއް ފުއްދުމަށެވެ. އެއީ އދ. ގެ ވޯކިން ގްރޫޕްތަކުގައި ހުރި މައްސަލަތައް އަވަސް ކުރުމަށް އެމިނިސްޓްރީން ބާރު އެޅުމާއި، ކޮމަންވެލްތްގައި ދިވެހިރާއްޖެ އަލުން ބައިވެރިވުމަށް ހުށަހެޅުމެވެ.

މިދެވައުދުވެސް ފޮރިން މިނިސްޓްރީން ވަނީ ފުއްދައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.