ގައުމީ އެއާލައިން މޯލްޑިވިއަން އިން އެތެރޭގެ އުދުހުންތަކުގެ އަގުތައް ތިރިކުރުމަށް މިއޮތީ ތައްޔާރަށް ކަމުގައި އެ ކުންފުންޏަށް އަލަށް އައްޔަންކުރެވުނު މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫހެއް ކަމަށްވާ 'އަވަސް' އަށް މައުލޫމާތު ދެއްވަމުން ރިޒްވީ ވިދާޅުވީ ކުންފުންޏަށް ގެއްލުން ނުވާނެ ގޮތަށް އަގުތައް ކުޑަކުރެވެން އެބައޮތްކަމަށް ކުރެވެނު ދިރާސާއިން ދައްކާ ކަމަށެވެ. އަދި މީގެކުރިން މޯލްޑިވިއަންގެ ޓިކެޓުތަކުގެ އަގުތައް ބޮޑުކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަދި އެއަގުތައް ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވީ "ޓިކެޓުގެ އަގު ހެޔުކުރެވޭނެ، އެއީ ކުރެވޭނެ ކަމެއް، އެއީ ނުކުރެވޭނެ ކަމެއްނޫން، އެކަމަކު އެކަން ކުރީމަ މިކޮޅަށްވެސް(މޯލްޑިވިއަން) ލިބޭ އެއްޗެއް މަދުވާނެ، އެކަމަކު ސަސްޓެއިން ކުރެވޭނެ ލެވެލްއެއްގަ ބޮޑުތަނުން ހަމަ އަޅުގަނޑުމެންނަށް ޓިކެޓުގެ އަގުތަށް ހެޔުކުރެވޭނެ. ކުރީގަ މިހުރީ ވަރަށް އަގުބޮޑުކޮށް، މިހާރު 3000 ރުފިޔާއިން މަތީގަ މިހިރީ އެވްރެޖްކޮށް ފެއާތަށް. އަގު ބަދަލުކޮށްލުމާއިއެކު އަޅުގަނޑުމެންނަށް ވޮލިއުމް އިތުރުވާނެ ކަމަށް މިބަލަނީ"

ރިޒްވީ އިތުރަށް ވިދާޅުވީ މޯލްޑިވިއަން އިން ރައްޔިތުންނަށް ފޯރުކޮށްދެނީ ގައުމީ ހިދުމަތަކަށް ވާއިރު، މޯލްޑިވިއަން އާއި ދޭތެރޭ ގައުމީ ވިސްނުމަކުން ދެކެންޖެހޭ ކަމަށެވެ. މިގޮތުން ރަންވޭއިން ޖާގަނުލިބި އެތަށްއިރަކު މޯލްޑިވިއަންގެ ފުލައިޓްތަށް މަތީގައި އޮންނަންޖެހޭ ކަމަށާއި މިކަމުގެ ސަބަބުން ބޭކާރުގޮތުގައި ވަރަށްގިނަ ތެޔޮ އަނދަމުންދާ ކަމަށެވެ. އެހެންކަމުން މޯލްޑިވިއަންގެ ފުލައިޓް ތަކަށް ހިދުމަތް ދިނުމުގައި ހާއްސަ ޕޮލިސީއެއް ގެންގުޅުމަށް އެދިފައި ވާނޭކަމުގައިވެސް ރިޒްވީ ވިދާޅުވިއެވެ.

ސަރުކާރުން މިކަންކުރާނެ ގޮތްތަކެއް ކަނޑައަޅައި ކުންފުންޏަށް އެންގެވުމާއި އެކު މިއަދުން މިއަދަށްވެސް އަގުތަށް ތިރިކުރުމަށް ކުންފުނިން ތައްޔާރަށް އޮތްކަމަށް ވެސް ރިޒްވީ ވިދާޅުވެފައި ވެއެވެ.

ރިޒްވީ އިތުރަށް ވިދާޅުވީ އަގުހެއުކޮށް ޓިކެޓު ހޯދުމަށް ދިވެހިން ދަތުރުފަތުރު ކުރުމުގެ ވައްޓަފާޅިއަށް ވެސް ބަދަލުތަކެއް ގެންނަން ޖެހިފައި ވާކަމުގައެވެ. މިގޮތުން ދަތުރުތަކަށް ދުރާލައި ޓިކެޓު ނެގުމަކީ ފަރުދީ ޒިންމާއެއް ކަމުގައި ދެކުމަށްވެސް ވިދާޅުވެފައި ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.