ތިމާވެށި ހިމާޔަތްކުރުމަށް ސިޔާސީ ފިކުރު އެއްފަރާތްކޮށް އެކުގައި މަސައްކަތް ކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފިއެވެ. ޕޮލެންޑްގައި މިހާރު ކުރިއަށްދާ "ޔުނައިޓެޑް ނޭޝަން ކްލައިމެޓް ޗޭންޖް ކޮންފެރެންސްގައި" ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަދި ތިމާވެއްޓަށް އެހާމެ ލޯބިކުރާ މުހައްމަދު ނަޝީދު ވިދާޅުވީ، ދުނިޔޭގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބޭ ގެއްލުންތަކަކީ ގައުމީ މައްސަލައެއްކަމަށާއި މިމައްސަލައަކީ ކުރިންސުރެ ދިގުދެމިގެން އަންނަ މައްސަލައެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދުނިޔޭގެ މޫސުމަށް ކުރާ ނޭދެވޭ އަސަރުތަކުން ދިވެހިރާއްޖެއަށް ގެއްލުމެއްވާން ބޭނުން ނުވާކަމަށާއި، އެފަދަ ހާދިސާއަކުން ރާއްޖެ ރައްކާތެރި ކުރުމަށް ކުރަންޖެހުނު ކޮންމެކަމެއްވެސް ކުރާނެކަމަށް، ރައީސް ނަޝީދު ވިދާޅުވިއެވެ. 

"އަޅުގަނޑުމެން މިތިބީ ދުނިޔެ ހޫނުވަމުން އަންނަ މައްސަލައިގައި ދިމާވެދާނެ ހާދިސާތަކުން ރައްކައުތެރި ވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން، އެކަމަކު ތިމާވެއްޓަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރާނަން، މިމަސައްކަތް ކުރަންވާނީ ތިމާވެއްޓަށް ވިސްނައިގެން، އެހެންކަމުން ހިތްތިރި ކޮށް، ސަމާލު ކަމާއި އެކު މިކަން ކުރަންޖެހޭނީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި އިތުރަށް ރައީސް ނަޝީދު ވިދާޅުވީ، ދުނިޔޭގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ދިމާވާ މައްސަލަތަކުގައި ސިޔާސީ ފިކުރު އެއްފަރާތްކޮށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށާއި، އެކަކު އަނެކަކަށް އެހީވެގެން މިމަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމުމާ އެއްގޮތަށް ރާއްޖޭގައި އަވި ބޭނުންކޮށްގެން ހަކަތަ އުފައްދާ ނިޒާމު ގާއިމް ކުރުމަށް ގަދަ އަޅައި މަސައްކަތް ކުރާނެ ކަމަށާއި ސާފު ހަކަތަ ބޭނުންކޮށް ގެއްލުންބޮޑު ވިހަ ގޭސްތަށް އުފައްދާ މިންވަރު ދަށް ކުރަން މަސައްކަތް ކުރާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.