ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް އެރަށުގައި އޮންނަ ބޮޑު ކުޅީގެ ބައެއް ހިއްކަމުންދަނިކޮށް އެކަން ހުއްޓުވުމަށް އޭރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް މިއަދު ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ކުޅުދުއްފުށީ އެއާޕޯޓުގެ މަޝްރޫއު ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން ދޫކޮށްފައިވާ ސްޓޭޓްމަންޓެއްގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ނުކޮށް، އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފައިވާތީ ކަމަށް، އެ މައްސަލައިގައި ވަކާލާތުކުރާ އިކޯކެއާއިން ބުނެ އެވެ.

ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއުއާ ގުޅޭ ގޮތުން އެންވާރަމެންޓް މިނިސްޓްރީން ދޫކޮށްފައިވާ ސްޓޭޓްމެންޓަކީ ކުޅުދުއްފުށީ ބިމަކާ ގުޅޭ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ހިމެނޭ ރިޕޯޓެއް ކަމަށާއި ބިމާ ގުޅޭ އެ ބާވަތުގެ މައްސަލަތައް ބެލޭނީ އެ ބިމެއް އޮންނަ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށްކަމަށާއި އެކަން ކޯޓުތަކުގެ ގާނޫނަށް ބެލުމުން ސާފުވާ ކަމަށް ހުކުމްގައިވެ އެވެ. 

މީގެކުރިން ކުޅުދުއްފުށީ ކޯޓަށް އަމިއްލަ މީހަކު މައްސަލަ ހުށަހެޅުމުން ދައުވާ ފޯމް ފުރިހަމަ ނުވާ ކަމަށް ބުނެ އެ މައްސަލަ އެ ކޯޓުން ބޭރުކޮށްލި އެވެ.

ސިވިލް ކޯޓުން މިއަދު އެގޮތަށް ހުކުމް ކޮށްފައިވާތީ އިކޯކެއާއިން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފަ އެވެ. 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.