ޕެންޝަން އޮފީހުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެއޮފީހުގެ ނަންމަތީގައި ރެއިންފެށިގެން ލިބެމުންދާ މެސެޖަކީ ޕެންޝަން އޮފީހާއި އެއްވެސް ގުޅުމެށްވާ މެސެޖެއް ނޫންކަމަށާއި އަދިއެމައްސަލަ ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ބަލަމުން ދާކަމަށް އެއޮފީހުން ހާމަކުރައްވައިފިއެވެ.
ރެއިން ފެށިގެން ޕެންޝަން އޮފީހުގެ ނަމުގައި ފޮނުވަމުންދާ މެސެޖުގައި ބުނެފައިވަނީ، ރާއްޖޭގައި ބޭރުގެ އަސްކަރިއްޔާއެއް އޮތުމާއި ދިވެހިން ދެކޮޅުކަމަށާއި، މިކަމާއި ދެކޮޅަށް އަޑުއުފުލަން ޖެހޭކަމުގައެވެ.
ރައީސް ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން އަވަށްޓެރި އިންޑިއާ އާއި އޮންނަގުޅުން ވަނީ ރަނގަޅުވާން ފަށާފައެވެ. އަދި ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ހެދުމުގެ ހުއްދަ ދީފިނަމަ އެއްބިލިއަން ޑޮލަރުގެ ލޯނެއް ދިވެހި ރާއްޖެއަށް ދޭނެކަމަށްވެސް އެގައުމުން މީގެކުރިން ބުނެފައިވެއެވެ.