ގައިގެ ބައެއް ހިސާބުތަކުގައި ހުންނަ އިސްތައްޓާ ހެދި ލަދުގަންނަނަމަ ލޭޒާ ޓްރީޓްމެންޓްއަކާ ނުލާވެސް މިހާރު އެކަން ކޮށްލެވިދާނެއެވެ. ބަދިގެތެރޭގައި ހުންނަ އާންމު ބޭނުންތަކަށް ބޭނުންކުރާ ތަކެތިން ގައިގައި ހުންނަ ބޭކާރު އިސްތަށި ނައްތާލެވިދާނެއެވެ. އެގޮތުން ބަދިގެތެރޭގައި އާންމުކޮށް ބޭނުންކުރާ ތަކެތި ބޭނުންކޮށްގެން އިސްތަށި ނައްތައިލާނެ ދެ ގޮތެއް ކިޔައިދޭނަމެވެ.
- ހަކުރު އަދި ލުންބޯ ބޭނުން ކޮށްގެން އިސްތަށި ނައްތައިލެވިދާނެ
ހަކުރު އަދި ލުންބޯ ބޭނުން ކޮށްގެންވެސް ގައިގައި ހުންނަ އިސްތަށި ނެތިކޮށްލެވިދާނެއެވެ. އެގޮތުން މޭޒުމަތީ ސަމުސާގެ ދެ ސަމުސާ ހަކުރާއި އެއް ލުންބޮލުގެ ދިޔަ އެއްކޮށްލާށެވެ. އަދި ދިހަ މޭޒުމަތީ ސަމުސާގެ ފެން ތައްޓަކަށް އަޅައިލުމަށް ފަހު އެއްކޮށްލައިފައި ހުރި ހަކުރު ކޮޅާއި ލުންބޮލު ދިޔަ ކޮޅު އެ ފެންތަށި ތެރެއައް އަޅައިލާށެވެ. އަދި ބޮކި އަރަންދެން ހޫނު ކޮށްލާށެވެ. އޭރުން ހުންނާނީ ޕޭސްޓެއް ތައްޔާރު ކުރެވިފައެވެ. އެއަށްފަހު ހޫނުކަން ކެންޑެންދެން މޭޒުމަތީގައި ބަހައްޓާށެވެ. ހޫނުކަން ކެންޑުމުން، ސަމުސަލަކުން ގައިގައި ހުރި ބޭކާރު އިސްތަށިތަށް ހުރި ތަންތާގައި ތައްޔާރު ކުރެވިފައިވާ ޕޭސްޓް ހާކައިލާށެވެ. ތިރީސް މިނެޓް ވަންދެން ބެހެއްޓުމަށްފަހު ފިނި ފެންފޮދަކުން ދޮވެލާށެވެ. އޭރުން އެ ނިމުނީއެވެ. ފަސޭހައެއް ނޫންތޯ އެވެ.
- މާމުއި އަދި ލުންބޯ ބޭނުން ކޮށްގެންވެސް މިކަން ކުރެވިދާނެ
މާމުއި އަކީ ވަރަށް ގިނަ ބޭނުންތަކުގެ ޤުދުރަތީ ހައްލެކެވެ. އެގޮތުން މާމުއި އާއި ލުންބޯ ބޭނުން ކޮށްގެންވެސް ހަށިގަނޑުގައި ހުންނަ ބޭކާރު އިސްތަށި ނައްތައިލެވިދާނެއެވެ. މިގޮތުން މޭޒުމަތީ ސަމުސަލުގެ ދެ ސަމުސާ ހަކުރާއި ލުންބޮލު ދިޔަ އެއްކޮށްލުމަށްފަހު، މޭޒުމަތީ ސަމުސަލުގެ އެއް ސަމުސާ މާމުއި އެއްކޮށްލާށެވެ. ތިން މިނެޓް ވަންދެން ހޫނުކޮށްލުމަށް ފަހު ބޭނުންނަމަ ފެންފޮދެއް އަޅައިލާށެވެ. އެއައް ފަހު ތައްޔާރު ކުރެވުނު ޕޭސްޓް ހިހޫވެލަންދެން ބަހައްޓާށެވެ. ޕޭސްޓް ކޮޅު ރަނގަޅަށް ހިހޫ ވުމުން، ހަށިގަނޑުގައި ޕޭސްޓް އުނގުޅަން ބޭނުންވާ ހިސާބުގައި "ކޯން ސްޓާޗް" ކޮޅެއް ހާކާލުމަށްފަހު އިސްތަށި ފަޅާފައިވާ މިސްރާބަށް ޕޭސްޓްކޮޅު އުނގުޅާލާށެވެ. ފަސް ވަރަކަށް މިނެޓް ބެހެއްޓުމަށްފަހު ފޮތި ކޮޅަކުން ނުވަތަ "ވެކްސިންގެ ޓޭޕް" ކޮޅަކުން ފުހެލާށެވެ. އޭރުން ނައްތާލަން ބޭނުންވި އިސްތަށި ކޮޅު ނެއްޓިގެން ހިންގައިދާނެއެވެ.
މިދެގޮތަކީވެސް ފަސޭހަ ދެ ގޮތެވެ. ގޭގެ ބަދިގޭގައި މިތަކެތި ހުރިނަމަ، އަގު ބޮޑެތި "ހެއާ ރިމޫވަލް" ބޭނުން ކުރާނެ ކަމެއްނެތެވެ. ޖީބަށްވެސް ލުއިވެފައި ހަށިގަނޑަށްވެސް ފައިދާވެސް ވާނެއެވެ.