ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އައްޑޫ ސިޓީ ހިތަދޫއަށް ޒިޔާރަތްކުރައްވައިފިއެވެ.

ފައިސަލް ނަސީމުގެ މި ޒިޔާރަތުގައި ހިތަދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކައުންސިލަރުންނާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ހިތަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށާއި، ހިތަދޫ އާފްޓަރކެއަރ ރީހެބިލިޓޭޝަން ސެންޓަރަށާއި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާތަކުގެ މުވައްޒަފުންނާއި ބައްދަލުކޮށްލައްވައި، އެތަންތަނުގެ މަސައްކަތްތަށް ކުރިޔަށްދާ ގޮތް ބައްލަވައިލައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރެޑްކްރެސެންޓްގެ ސީނު ބްރާންޗުން އިންތިޒާމްކޮށްގެން ހިތަދޫގައި ބޭއްވެވި ކުޑަކުދިންގެ ހަވީރުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރުގެ އިމާރާތުގައި މިހާރު ހަދަމުން ގެންދާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވައިލައްވައިފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.