ޕީޕީއެމްގައި މިހާރު އެއްވެސް މުސްތަގުބަލެއް ނެތްކަމަށް ވެލިދޫ ދާއިރާގެ މެމްބަރ އަބުދުﷲ ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.
މެމްބަރ ޔާމީން މިހެން ވިދާޅުވީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަށް ސޮއި ކުރުމަށްފަހު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޔާމީން އިތުރަށް ވިދާޅުވީ، ޕީޕީއެމްގެ މުސްތަގުބަލު އޮތީ ޝަރުއީ ކޯޓުތަކުގައި އޮތް މައްސަލަތަކެއްގެ މައްޗަށްކަމަށާއި، އޭގެ ބަދަލުގައި ރައްޔިތުންނަށް ޚިދުމަތްކޮށްދެވޭނެ މަގަކީ ކޮބައިތޯ ބަލައި އެމަގަކީ ޒުވާނުންނަށް ފުރުޞަތުއޮތް މަގެއްކަމަށް ވަންޏާ ނުވަތަ އުޖާލާ މަގެއްކަމަށް ވަންޏާ އަދި އެކަންކަން އަމިއްލައަށް ގަބޫލުކުރެވޭ ކަމަށް ވަންޏާ ޕާޓީ ބަދަލުކުރުމަކީ މައްސަލައެއްނޫންކަމަށެވެ. އަދި އެބޭފުޅާއާއެކު ގިނަ މެމްބަރުންތަކެއް އަދި އެޕާޓީއަށް އިތުރުވެގެންދާނެކަމަށެވެ.
މެމްބަރ ޔާމީން ޕާޓީ ބަދަލުކޮށްފައި މިވަނީ ރައީސް ޔާމީން ޕީޕީއެމްގެ ޓިކެޓްވެސް އަރުވާފައިވަނިކޮށެވެ.