لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ

“އެއްވެސް އާރެއް ބާރެއް މާތް ﷲ ގެ ވާގިފުޅާއެކުގައި މެނުވީ ނުވެއެވެ.”

މި ޛިކުރު ގިނަގިނައިން ކިޔުމަށް އެތަކެއް ޞަޙާބީންނަށް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ވަޞިޔަތް ކުރައްވާފައެވެ. އަދި މި ޛިކުރަކީ ސުވަރުގޭގެ ޚަޒާނާތަކުގެ ތެރެއިން ޚަޒާނާއެއް ކަމުގައިވެސް ޙަދީޘްކުރައްވެއެވެ. މި ޛިކުރު ގިނަގިނައިން ކިޔައިފިނަމަ، މާތް ﷲގެ ޙަޟުރަތުން ތިބާއަށް ގިނަގުނަ ނިޢްމަތްތަކާއި ބަރަކާތް އޮހިގެންދާތަން ތިބާއަށް ފެންނާނެކަން ކަށަވަރެވެ.

لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ “ މި ޒިކުރުގެ ތަފްޞީލަކީ ކޮބައިތޯ؟
ޢަރަބި ބަހުގައި “ الحَوْلُ “ ގެ މާނައަކީ ޙަރަކާތެވެ. ނުވަތަ އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލު ވުމެވެ. އަދި “ القُوَّةُ “ ގެ މާނައަކީ ބާރެވެ. އެހެންކަމުން މިޒިކުރުގެ މުރާދަކީ؛ ހިތާމަވެރިކަމުންނާއި، ފާފަކުރުމުންނާއި، ނުކުޅެދުންތެރިކަމުންނާއި، ފަޤީރުކަމުންފަދަ އެންމެހާ ޙާލަތްތަކުން ރަނގަޅު ޙާލަތްތަކަށް ބަދަލުވެވޭހުށީ، އަދި އެ ބަދަލުވުމުގެ އާރާއިބާރު ވަނީ ހަމައެކަނި الله ގެ ޙަޟްރަތުންނެވެ.

މަޞްދަރުތައް:
އެޓޯލްނިއުސް
موقع جمعية السلف

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.