މި ދުވަސްވަރަކީ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން އިންޓަނެޓްގެ ތަފާސްހިސާބުތަށް އާންމު ކުރާ ދުވަސްވަރެވެ. އެކި ގައުމުތަކުގައި އިންޓަނެޓް ބޭނުން ކުރާ މިންވަރު ދިރާސާކޮށް ވަކިވަކި ވެބްސައިޓް ތަކަށް މީހުން ވަންނަ އަދަދު އާންމުކުރާ ދުވަސްވަރެވެ. އެގޮތުން ބަރަހާ ވެބްސައިޓްތަކަށް މީހުން ވަންނަވަރު ވެސް މިވަނީ އާންމު ކޮށްފަ އެވެ.

އެގޮތުން އެކޮނޮމިކްޓައިމްސްގައި އާންމު ކުރި ތަފާސްހިސާބު ރިޕޯޓަކުން ދައްކާގޮތުން ވޭތުވެދިޔަ ބާރަ މަސްދުވަސް ތެރޭގައި 33.1 ބިލިއަން ފަހަރު ބަރަހަނާ ވެބްސައިޓްތަކަށް މީހުން ވަދެފައިވެ އެވެ. އެއީ މިދިޔަަ އަހަރަށް ވުރެ 5 ބިލިއަން އިތުރު އަދަދެއް ކަމަށްވެސް މި ސައިޓް ތަކުން ރިޕޯޓްކުރެ އެވެ. ދުވާލަކަށް 92 މިލިއަން ފަހަރު މީހުން މި ސައިޓްތަކަށް ވަންނަ އިރު މިކަމުން އިންގެނީ ބަރަހަނާ ވެބްސައިޓްތަށް ބޭނުން ކުރަމުން އަންނަ މީހުން އިތުރުވަމުން އަންނަ ކަމެވެ.

ބަރަހާ ވެބްސައިޓްތަކަށް އެންމެ ގިނައިން މީހުން ވަދެފައިވަނީ އެމެރިކާއިންނެވެ. ދެވަނައަށް އެންމެގިނަ މީހުން ވަދެފައިވަނީ އިންގިރޭސި ވިލާތުންނެވެ. އަދި މި ލިސްޓްގެ ތިންވަނައިގައި އުޅެނީ އިންޑިއާއެވެ.

ވެބްސައިޓްގައި ހޭދަކުރާ ވަގުތަށް ބަލާއިއިރު އިންޑިއާ މީހުން ބަރަހަނާ ވެބްސައިޓަކުގައި އެވަރެޖް 8 މިނެޓް ހޭދަކުރެ އެވެ. އަދި އެމެރިކާ މީހުން 10 މިނެޓް ހޭދަކުރާއިރު، އެންމެ ގިނަ އިރުވަންދެން މިވެބްސައިޓްތަށް ބޭނުންކުރަނީ ފިލިޕީންސް މީހުން ނެވެ. އެއީ އެވަރެޖްކޮށް 13 މިނެޓް އެވެ.

މިފަދަ ވެބްސައިޓްތަށް ބޭނުން ކުރުމުގައި އެންމެ ކުރީގައި އުޅެނީ އަންހެންވެރިން ނެވެ. އެމެރިކާ، އިންގިރޭސިވިލާތް، އަދި އިންޑިއާއަށް ބަލާލި ކަމުގައިވިއަސް ނިސްބަތުން އެންމެ ކުރީގައި އުޅެނީ އަންހެންވެރިން ނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *