ޑީސަލްއިން ނަގަމުން އަންނަ ޑިއުޓީ ކަނޑައިލުމަށް ސަރުކާރުގެ ފަރާތުން ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު މުސްތަފާ ހުށަހެޅި އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް 60 މެމްބަރުންގެ އިއްތިފާގުން މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.

ޑީސަލުން މިހާރު ޑިއުޓީގެ ގޮތުގައި ނަގަމުން އަންނަނީ ފަސް ޕަސަންޓެވެ.

ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވީ ކަރަންޓުގެ ހިދުމަތުގެ އަގު ހެޔޮ ކުރުމަށާއި މަސްވެރިކަމަށް ނުކުންނަ ފަރާތްތަކުން ކުރަން ޖެހޭ ހަރަދު ކުޑަކޮށް ދިނުމުގެ ގޮތުން ކަމަށެވެ.

ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު މުސްތަފާ ހުށަހެޅުއްވި ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން އިސްލާހަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފައި ވެއެވެ. އެގޮތުން ޑީސަލުން ނަގަމުން އަންނަ ޑިއުޓީ ކަނޑާލި ކަމުގައިވީ ނަމަވެސް، ކަރަންޓުގެ އަގުހެޔޮކޮށް، މަސްވެރިންނަށް ދެމުން އަންނަ ޑީސަލްގެ އަގު ވަރަށް ބޮޑު ތަން ހެޔޮ ވާން ޖެހޭނެ ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ރައްޔިތުންނަށް ލުއި ފަސޭހަކަން ލިބޭތޯ ސަރުކާރުން ބަލަން ޖެހޭނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.