ވޭމަންޑޫއަކީ ބިޔަ އަތޮޅެއްކަމަށްވާ ކޮޅުމަޑުލުގެ ވެރިކަން ކުރާރަށެވެ. އާބާދީގައި 1330 ވަރަކަށް މީހުން ދިރިއުޅޭ މިރަށަކީ ދިރިއުޅުމަަށްޓަކައި ތަފާތު ގިނަ މަސައްކަތްތަކެއްކުރާ ރައްޔިތަކު ދިރިއުޅޭ ރަށެކެވެ. ވަޒީފާގެ މައިދާނުން ފެށިގެން މަސްވެރިކަމާއި ގެދޮރު އިމާރާތް ކުރުމަކީ މިރަށުގެ ޒުވާނުންގެ ކޮންމެ ދުވަހެއްގެ ފެށުމާއި ނިމުމެވެ.
އަތް އުރާލައިގެން މަގުމަތިވެފައި ހުންނަ ޒުވާނަކު ނުހުންނާނެއޭ ބުނުމަކީ އެހެން ރަށްރަށުގެ ޒުވާނުންނަށް ބުނާ ބަދުބަހެއްނޫނެވެ. ސަރުކާރުގެ ވަޒީފާއަކާއި ނުގުޅޭ އާއިލާއެއް ނެތް މިރަށުގައި މިވަނީ ފަހަކަށް އައިސް ޒުވާނުންގެ މެދުގައި ތަފާތު މަސައްކަތްތަކެއް ފެށި ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ މަގުތަކެއް ކޮށާފައެވެ.
އެގޮތުން ކާބު އާލާކޮށް ވިއްކާ ވިޔަފާރި ކުރުމުގައި މިރަށުގެ ޒުވާނުން މިވަނީ މުޅިރާއްޖޭގައި މަގުބޫލުކަން ހޯދާފައެވެ. ރަށުގެ 80 ޕަސެންޓް ގެވަޅުތަކުގައި ތަފާތު ހިޔާލުތަކުގެ މަށްޗަށް ރީތިކޮށް ފަރުމާކުރެވިފައިވާ މަސްފެންގަނޑުތައް ހެދިފައިވާއިރު، ކާބު ދިރުވާ އާލާކުރުމަށް ވަކި މޫސުމެއް ނެތެވެ. މިގޮތުން އާލާކޮށް ވިއްކާ ކާބުފެންގަނޑުތަކުގެ އަގުވަނީ އަތްނުފޯރާފަށައް ގޮސްފައެވެ. ބުރެއްގައި ކާބު އާލާކުރާ ފެންގަނޑަކުން 15000 - 20000 ދެމެދުގެ އަދަދަކަށް ރުފިޔާ ލިބުމަކީ، މިހެން ބުނުމުން ބައެއް ފަރާތްތަކަށް ގަބޫލު ކުރަންދަތި ކަމަކަށް ވެދާނެއެވެ. ނަމަވެސް މިއީ ހަގީގަތެވެ. ކާބަކީ އާލާވުމުގައި ހައްދެއްނެތް އެއްޗެއްކަން އެނގޭނަމަ މިކަމާއި ދެކޮޅުވާންޖެހޭނެ އެއްވެސް ސަބަބެއްނެތެވެ.
ރާއްޖޭގެ އެކި އެކި އަތޮޅުތަކުން ވޭމަންޑޫއަށް ދޯނިފަހަރުގައި ޒިޔާރަތްކޮށް ކާބު ފެންގަނޑުތަކަށް އަގުކިޔާ ގަނެލުމަކީ ދިވެހިންގެ މެދުގައި މިކަމަށްއޮތް މަގުބޫލުކަން ދައްކުވައިދޭ ކަމެކެވެ. އަދި މީގެ އިތުރުން ބައެއް ފަރާތްތަކުން ދަނީ ރަށްރަށައް ކާބު ގެންގޮސް ވިޔަފަރީގެ ގޮތުގައި ރަނގަޅު އާމްދަނީއެއް ހޯދަމުންނެވެ. ކާބަށް ކާންދިނުމަށް ބޭނުންވަ ކާނާޔާ ފެންގަނޑު ސާފު ކުރުމަށް ބޭނުން ކުރާ ޕަންޕުގެ އިތުރުން އޮއެވަރު ޕަންޕަކީވެސް އަތްފޯރާފަށުން ވޭމަންޑޫއިން ހެޔޮ އަގުތަކުގައި ލިބެންހުރި ތަކެއްޗެވެ.
ހިތްހަމަ ޖައްސާލުމާއި އާމްދަނީ ހޯދަން މިއަށްވުރެ އަރާމު މަސައްކަތެއް ނެތްކަމަށް ބުނާ ޒުވާނުން މިމަސައްކަތުން ލިބޭ އާމްދަނީ އާއިމެދު ތިބީ ހިތްހަމަ ޖެހިލައިގެންނެވެ. ގޭގައި ތިބޭ އަންހެނުންގެ ހިއްސާ މިކަމުގައި ފާހަގަކޮށްލުމަކީ އެންމެ އެދެވޭ ކަމެއްކަމުގައި ދެކެންވީ ސަބަބެއް ނެތިއެއް ނޫނެވެ. ގަވައިދުން މަސްތަަކަށް ކާންދީ ބެލެހެއްޓުން މުހިންމުކަމެއް ކަމުގައި ދެކެ މިމަސައްކަތުގައި އަންހެނުންގެ ހިއްސާ ހަމަހަމަ ގޮތުގައި ލިބޭކަން ފާހަގަކޮށްލަން ޖެހެއެވެ.
މިތަފާތު މަސައްކަތުގައި ގިނަދުވަސްތަކެއް ވޭމަންޑޫގެ ޒުވާނުން ކަޑައްތުކޮށްފައި ވީނަމަވެސް، މިމަސައްކަތް ދަނީ އިތުރަށް ފުޅާ ކުރަމުންކަން ފާހަގަކޮށްލެވެނީ ކާބު އާލާކުރުމުގައި ބަންޑާރަ ގޯތިތަށް މިމަސައްކަތަށް މިއަދު ކުޑަވެފައި ވާކަމަށް މިރަށު ޒުވާނުން ބުނާތީއެވެ.
ހަގީގަތުގައިވެސް މިމަސައްކަތަކީ އާމްދަނީ ހޯދަން ކޮށްލަންް ހިތްހަމަޖެހޭ ރީތި މަސައްކަތެކެވެ. " ވޭމަންޑޫ ކާޅު އޮޅު ނުވާނޭ " ބުނިނަމަވެސް ވޭމަންޑޫއިން ލިބޭ ކާބު ރީތިވާނޭ ބުނުމަކީ ދޮގެއްކަމުގައި ނުވާނެއެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.