އެކްޓިން ޕޮލިސް ކޮމިޝަނާގެ މަގާމަށް އެސިސްޓެންޓް ޕޮލިސް ކޮމިޝަނާގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު (އެމްސީ ހަމީދު) ހަމަޖައްސަވައިފި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެމްސީ ހަމީދު އެމަގާމަށް ހަމަޖައްސެވީ، ސުޕްރީމް ކޯޓްގެ ހުކުމަކާ ގުޅިގެން، މިފަހުން އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކްގައި ފުލުހުންގެ ވަޒީފާ އަލުން ދެއްވި މުހައްމަދު ހަމީދު، ޑެޕިއުޓީ ކޮމިޝަނަރގެ މަގާމަށް ޕްރޮމޯޓް ކުރުމަށް ފަހު އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ސުޕްރީމް ކޯޓްގެ ހުކުމަކާ ގުޅިގެން އެމްސީ ހަމީދަށް ފުލުހުންގެ ވަޒީފާ އަލުން ދިނުމަށް ފަހު އޭނާ ހަމަޖެއްސީ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ވެރިއަކަށެވެ.

އެކްޓިން ޕޮލިސް ކޮމިޝަނާގެ މަގާމަށް އެސިސްޓެންޓް ޕޮލިސް ކޮމިޝަނާގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު (އެމްސީ ހަމީދު) ހަމަޖެއްސެވީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން ހަމްދޫން ރަޝީދު މިއަދު ވަކިކުރުމަށް ފަހު އެވެ. ކޮމިޝަނަރުކަމުން ހަމްދޫން ވަކިކުރެއްވީ ޝަރަފްވެރިކަމާ އެކު ރިޓަޔާ ކުރުމުގެ ފުރުސަތު ދެއްވާފަ އެވެ. ހަމްދޫން ވަނީ ފުލުހުންގެ ވަޒީފާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް މަސައްކަތް ކުރައްވާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.