ވަޒީރުންގެ މަޖިލީހުން ދެއްވި ލަފައާ އެއްގޮތަށް، ނުގަވާއިދުން ފުލެޓްތައް ދީފައިވާ މައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހާއްސަށް ކޮމިޓީއެއް އުފައްދަވައިފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި މި ކޮމިޓީގައި ހިމެނެނީ ފަސް މެމްބަރުންނެވެ. އެ ފަސް މެމްބަރުންގެ މަސްއޫލިއްޔަތަކީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުން ހިންގި ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފުލެޓް ލިބިފައިވަނީ ހައްގުވެރިންނައްތޯ ބެލުމާއި، ގުޅިފަޅު ހައުސިންގް ޕްރޮޖެކްޓްގެ ދަށުން ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓު ލިބިފައިނުވާ ފަރާތްތަކަށް ބަދަލު ދޭނެ ގޮތްތަކަކާ މެދު ކެބިނެޓަށް ލަފާއެރުވުމާއި، ފްލެޓް ދިންގޮތާ ގުޅިގެން ރައްޔިތުން ހުށަހަޅާފައިވާ ޝަކުވާތަށް ބަލައި ދިރަސާކުރުމަކީވެސް އެ ކޮމިޓީއިން ކުރާނެ ކަމެކެވެ.

ރައީސް ޔާމިންގެ ސަރުކާރުން ފުލެޓްތަށް ދީފައިވާ ގޮތުން އޭރުގެ ސަރުކާރަށް އާންމުން ވަނީ ވަރަށް ބޮނޑަށް ފާޑު ކިޔާފައެވެ. އޭރުގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒުއަށް ވަނީ ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް އަމާޒު ވެފަ އެވެ. އަދި މިކަންކަން ބަލައި ފިޔަވަޅުއެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފުރުތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.