ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމް އަދާކުރައްވަމުން ގެންދަވާ ހަމްދޫން ރަޝީދު އެމަގާމުން މިއަދު ވަކި ކުރައްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކޮމިޝަނަރުކަމުން ހަމްދޫން ވަކިކުރެއްވީ ޝަރަފްވެރިކަމާ އެކު ރިޓަޔާ ކުރުމުގެ ފުރުސަތު ދެއްވާ ގޮތަށެވެ.

ހަމްދޫން ކޮމިޝަނަރު ކަމަށް މިދިޔަ އޮކްޓޯބަރު މަހު އައްޔަން ކުރެއްވީ، ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެ ވަޑައިގަތުމަށްފަހު އެވެ. ހަމްދޫނަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓި ކޮމާންޑަރެވެ. އަދި ފުލުހުންގެ ވަޒީފާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް . ހަމްދޫން ހޭދަ ކުރައްވާފައިވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.