މި ދުވަސް ވަރަކީ ބޭރަށް ހިންގުމާއި، ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވެފައިވާ ދުވަސްވަރެށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ބުނެފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ނެރުނު ބަޔާނެއްގައި ބުނީ ނޮވެމްބަރު މަހުން ފެށިގެން ބަލިތަށް އިތުރުވަމުން ދާކަމަށާއި، ދެ ހަފްތާ ތެރޭގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ 1666 ކޭސް ވަނީ ރިޕޯޓް ކޮށްފައި ކަމަށެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުތަކުގެ މިމުއްދަތާއި ބަލާފައި %5 އިތުރު އަދަދެއް ކަމަށްވެސް އެއެޖެންސީއިން މައުލޫމާތު ދެއެވެ.
އަދި އިތުރަށް އެއެޖެންސީއިން ބުނީ ޑެންގީ ހުމާއި ގުޅިގެން 2 ހަފްތާތެރޭގައި 186 ކޭސްއެއް އެއެޖްންސީ އަށް ރިޕޯޓް ކޮށްފައި ވާ ކަމަށެވެ. އަދި އެއީ ކުރީ އަހަރު ތަކާއި ބަލާފައި 6 ގުނަ އިތުރު އަދަދެއް ކަމަށެވެ.
ގައިންގަޔަށް އަރާ މި ބަލިތަކުން ރައްކައުތެރި ވުމަށް ބޯފެން ބޭނުން ކުރާއިރު ރައްކައުތެރި ވުމަށާއި، ސައިބޯނީ ލައިގެން އަތް ދޮވުން ފަދަ ކަންކަން ކުރުން މުހިއްމު ކަމަށް އެއެޖެންސީ އިން މައުލޫމާތު ދެއެވެ. އަދި މަދިރި އާލާވުން މަދުކުރުމަށް ފެންހަރުލާފަދަ ތަކެތި ރަށުތެރެއަށް އުކާ ނުލުމާއި އެތަކެތި ރައްކައުތެރިކޮށް ނައްތާލުމަށްވެސް އެޖެންސީއިން އިލްތިމާސް ކުރެއެވެ.