ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އައްޑުއަތޮޅު ހިތަދޫ އަޙްމަދު ނުޢުމާން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އައްޔަން ކުރައްވައިފިއެވެ. ސްޓޭޓް މިނިސްޓަރ ފެންވަރުގައި އަޙްމަދު ނުޢުމާނަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގެ ލިޔުން ހަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.