އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޑާބީގައި, ޔުނައިޓެޑު ބަލިކޮށް، ސިޓީން ލީގު ތައްޓާ ގާތަށް ޖެހިލައިފިއެވެ.

ރޭގެ މެޗަށް ޔުނައިޓެޑުން ނުކުތީ މަޖުބޫރު ތިން ޕޮއިންޓް ހޯދުމަށެެވެ. ނަމަވެސް 2-0 ގެ ނަތީޖާއަކުން ސިޓީ އަތުން ބަލިވުމުން ޔުނައިޓެޑަށް ވަނީ ލީގުގެ ގަދަ ހަތަރަކަށް އޮތް އުންމީދު ކުޑަވެފައެވެ. ޔުނައިޓެޑުން ދެން ގަދަ ހަތަރަކަށް އޮތް އުންމީދު އާކުރަން ބޭނުންނަމަ ކުރިއަށް އޮތް މެޗުގައި ޗެލްސީ ބަލިކުރަން ޖެހޭނެއެވެ.

ރޭގެ މެޗުން މޮޅުވި ސިޓީ މިހާރު އޮތީ ތާވަލްގެ އެއްވަނައިގައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މެޗުގެ ފުރަތަމަ ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފް ފެށުނުތާ މާއިރެއް ނުވެ، އެ ޓީމުގެ ބާނާޑޯ ސިލްވީއެވެ. ސިޓީއިން މެޗުގެ ލީޑު ފުޅާކުރީ 66 ވަނަ މިނެޓުގައި ސާނޭ ކާމިޔާބުކޮށްދިން ރީތި ގޯލުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *