ދަނޑުވެރިކަމަށް ރާއްޖެ އެތެރެ ކުރާ ތަކެތިން ޑިއުޓީ ކަނޑާލުމަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ މެންބަރުން އިބްރާހިމް ޝަރީފް ހުށަހެޅުއްވި އިސްލާހު، 56 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.
އިސްލާހުގައި ހިމަނާފައިވަނީ ދަނޑުވެރިކަމަށް އެތެރެ ކުރާ ތަކެތީގެ ތެރެއިން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިިސްޓްރީ އިން އާންމުކޮށް ޝާއިއު ކުރާ ތަކެތިން ޑިއުޓީ ކަންޑާލުމަށެވެ.
ރާއްޖެއަކީ ބޭރު ގައުމުދަނޑުވެރިކަމަށް ރާއްޖެ އެތެރެ ކުރާ ތަކެތިން ޑިއުޓީ ކަނޑާލުމުން ދަނޑުވެރިކަމަށް އިތުރު ފުރިހަމަކަމެއް ގެނުވައިދޭނެއެވެ. ދަނޑުވެރިންނަށް ފަސޭހަކޮށް، އަގުހެޔޮ ކޮށް ވަސީލަތްތަށް ލިބުމަށް މަގު ފަހިވެގެން ދާނެއެވެ.