ދިވެހިންނަކީ ފެޝަނަށް ލޯބިކުރާ ބައެއްކަން ވަކިވަކި ކޮންމެ ރަށަކަށް ބަލާލިކަމުގައި ވީނަމަވެސް ހެކިދޭނެއެވެ. ހާއްސަކޮށް ޒުވާނުންނެވެ. ސާފު ތާހިރުކަމަށް އިސްލާމްދީނުގައި ނުހަނު އިސްކަމެށް ދީފައިވީހިނދު، ސާފުތާހިރު ވާންޖެހޭނީ ހަމައެކަނި ތިމާ އަޅާ އަންނައުނެއްނޫނެވެ. ތިމާގެ ނަފްސު ތާހިރުވެގެންނޫނީ ތިމާއީ ސާފު ތާހިރު މީހަކަށް ނުވާނެއެވެ.

އިލްމީގޮތުން ހޭލުންތެރި މިމުޖުތަމައުގައި އިސްލާމްދީނާއި ފުށޫއަރާ އެތަށްކަމެއް ހިނގަމުންދާކަމީ ހިތާމަހުރިކަމެކެވެ. މިގޮތުން ފާހަގަ ކޮށްލެވޭ އެއްކަމަކީ ޒުވާން ކަނބަލުން ހެދުން އެޅުމުގެ ވައްޓަފާޅިއެވެ. ދެއްކުންތެރިކަމުގައި ދިވެހި ޒުވާނުން މިދަނީ ފިކުރީ ހަނގުރާމައިގާ ވާވަދެ ގެއްލެމުންނެވެ. އައުރަ މިވަނީ އަގެއްނެތް އެއްޗަކަށް ވެފައެވެ. އިސްލާމީ އުޅުމާއި ރީތި އުސޫލު މިދަނީ ކިލަނބުވަމުންނެވެ. ގަޔަށްބާރު ފޭރާމުން ވަނާ ދައްކަނީ، ހަގީގަތުގައި ނުވިސްނޭތީކީ ނޫނެވެ. އާހިރަތައްވުރެ ދުނިޔެ އިސްކޮށް އާހިރުގައި އުޒުރު ދެއްކޭނެއޭ ހީވަނީ ހެއްޔެވެ. ދާންއޮތީ ކަށްވަޅުކަން ހަނދާން ނައްތާލާ އަޅުކަމާއި ދުރުވެދަނީ، ކަށްވަޅުގެ އަޒާބަށް ކެތްކުރެވޭނެތީ ތޯއެވެ. އެހެންނަމަ އެއީ ކުއްހީއެކެވެ.

އިސްލާމީ ރީތި އަންނައުނަކުން އައުރަ ރައްކާކޮށްފި ނަމަ ކުރާ މަލާމާތް މިވަނީ އާންމުވެފައެވެ. އެ މަލާމާތް ކުރެވެނީ އެމީހަކާ ދިމާލަކަށް ނޫނެވެ. އެ ރައްދު ކުރެވެނީ އަޅަމެން ހެއްދެވި ރަސްކަލާންގެ ބާވައިލެއްވެވި ގާނޫނަށެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. ކިޔާ ނަމަކުން ތިމާއީ ފުރިހަމަ މުސްލިމަކަށް ނުވާނެއެވެ. ދީނުގައި ފަރުލުކުރައްވާފައި ވާކަންކަން ކުރުމާއި ތިމާ އުޅެންޖެހޭނެ ހުދޫދުން ބޭރުވެއްޖެނަމަ ތިމާއީ އަބާއްޖަވެރި ވެއްޖެ މީހެކެވެ. ބުރުގަލުން ފޮރުވަންވީ ހަމައެކަނި ތިމާގެ އިސްތަށިގަނޑެއްނޫނެވެ. ޝައިތޯނީ ވިސްނުމަށް ގަޔައްބާރު ކުރު ހެދުން ތުރުކުރުމާއި ސިކުންގެ ފަގުޑި ފަދައިން ނަމެއްގަ އަޅާ ބުރުގަލަކީ ހަގީގަތުގައި އެއްވެސް ރީތިކަމެއް އޭގައި އެކުލެވޭ އެއްޗެއް ނޫނެވެ.

ތަބާވެ ކިޔަމަންތެރިވުން އޮތީ ތިމާގެ ލޯބިވެރިޔާ ބޭނުންވާ ގޮތަކަށް ނޫނެވެ. އުޅެން ޖެހެނީކީ ހަވާނަފްސު ދައްކާ ގޮތަކަށްވެސް ނޫނެވެ. ތިބާގެ ނަފްސު ދުނިޔެވީ އުފާތަކަށް ވިއްކާނުލާށެވެ. ގިޔާމަތްދުވަހުން ތިމާގެ ވެރިރަސްކަލާންގެ ކުރިމަތީ ޖަވާބުދާރީވާން ޖެހޭނެކަން ހަންދުމައިގައި ބަހައްޓާށެވެ. ބޯލަނބާ ކިޔަމަންވުން އޮތީ ކާއިނާތުގެ ވެރި ރައްބު ﷲ ސުބްހާނަހޫ ވަތައާލާއަށެވެ. އެގޮތް މޮޅު އިތުރުވެގެންވެއެވެ. ގެއްލެނިވެގެންވާ އަބާއްޖަ ވެރިއެއްކަމުގައި ތިމާނުވާށެވެ. ހަވާނަފްސައް އީމާންވި މަހުލޫގަކަށް ބޮޑު ވެގެންވާ އަޒާބު ކަނޑައެޅިފައިވާކަން ދައްނާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.