ޕެންޝަން ސްކީމް މެދުވެރިކޮށް، ހައްޖަށް ދެވޭނެ ގޮތް ހެދުމަށް ޕެޝަންއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރު ފަރާތުން އެ އިސްލާހު ހުށަހަޅާފައި ވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ.

އެ އިސްލާހު ހުށަހަޅުއްވެވި އަސްލަމް ވިދާޅުވީ ދެ އިސްލާހެއް ހުށަހަޅުއްވެވި ކަމަށެވެ. އެއް އިސްލާހުގައި ހައްޖުގެ މަތިވެރި އަޅުކަމަށް ޕެންޝަން ސްކީމް މެދުވެރިކޮށް ދެވޭ ގޮތް ހަމަޖެއްސުން ހިމަނާފައިވާ ކަމަށެވެ. އަދި އެއީ ގިނަ ބަޔަކު ބޭނުންވާ ކަމެއް ކަމަށެވެ. 

ދެވަނަ އިސްލާހުގައި އަސްލަމް ވިދާޅުވެފައިވަނީ، ކުރިން އަސާސީ ޕެންޝަންގެ ގޮތުގައި ދޭ 2000 ރުފިޔާގެ ބަދަލުގައި އެއަދަދު 5000 ރުފިޔާ ކަމަށް ގަނޫނުގައި ހިމެނުން ކަމަށާއި ކުރީގެ ރައީސް އަަބްދުﷲ ޔާމީންގެ ސަރުކާރުން 5000 ރުފިޔާ ޕެންޝަންގެ ގޮތުގައި ދިނީ ގާނޫނުގައި ނުހިމަނާ ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ ތެރޭގައި އެއް ބަޔަކު ބުނި މި ސަރުކާރުން 5000 ރުފިޔާއެއް ނުދޭނެއޭ، އެކަމަކު އޯގާތެރި ރައްޔިތުންނަށް އަޅާލާ، ރައްޔިތުންނާ މެދު ވިސްނާ ވެރިއަކު އައްޔަން ކުރުމުން އަޅުގަނޑުމެން މިވަނީ އެ 5000 އިތުރަށް ކަށަވަރު ކުރަން ގާނޫނުގައި ހިމަނަން ހުށަހަޅާފައި،" އަސްލަމް ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.