ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ކަނޑާލައި، ކަރަންޓުގެ އަގު ހެޔޮ ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ޑީސަލުން މިހާރު ނަގަމުން އަންނަ ފަސް ޕަސަންޓް ޑިއުޓީ ކަންޑާލުމަށް، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ބިލް ހުށަހެޅުއްވީ، ކަރަންޓުގެ ހިދުމަތުން ނަގާ އަގު މިހާރަށްވުރެ ހެޔޮ ކުރުމަށާއި މަސްވެރިން ކުރަން ޖެހޭ ހަރަދު ކުޑަކޮށް ދިނުމުގެ ގޮތުންނެވެ. 

މަސްވެރިކަން ކުރާ ދޯނިފަހަރުގައި ބޭނުން ކުރާ ޑީސަލުންނާއި ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ޑީސަލުން ޑިއުޓީ މާފުކޮށް ދެވޭނީ އެކަމަށް އެދި މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް ހުށަހެޅުމުންނެވެ. އަދި ޑިއުޓީ މާފް ކޮށްދިނުމުގައި އަމަލުކުރާ އުސޫލު ގަވައިދުގައި ބަޔާން ކުރަން ޖެހޭކަމަށް މިއަދު ހުށަހެޅުއްވި އިސްލާހުގައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.