އެކިފަހަރު މަތިން ނަންގަވާފައިވާ 17 މިލިއަން ރުފިޔާ ނުދީފިނަމަ ޔާމިން ގޮވައިގެން ޕޮލިހަށް ދާނެކަމަށް ޖާބިރު ބުނެފިއެވެ.

މި ސަރުކާރުގެ ސްޕެސަލް އެންވޯއީގެ މަގާމުގައި ހުންނެވި އަބުދުﷲ ޖާބިރު މިހެން ވިދާޅުވީ ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައެވެ. އެކި ފަހަރު މަތިން އެބޭފުޅާ ނަންގަވާފައިވާ 17 މިލިއަން ރުފިޔާ އަނބުރާ ދެއްވުމަށާއި، ނުދެއްވައިފިނަމަ ފުލުސް އޮފީހަށް ދާނެކަމަށްވަނީ ބުނެފައެވެ. އަދި އެ ފައިސާ ދިނުމަށް އެތައް ފަހަރަކު ދެންނެވުމުންވެސް ނުދެއްވާތީ މަކަރާއި ހީލަތުގެ މައްސަލައެއް ގޮތުގައި ފުލުހުންނަށް ހުށައަޅާނެކަމަށްވެސް ޖާބިރުވަނީ ވިދާޅުވެފައެވެ.

ޖާބިރު މިހެން ހާމަކުރިއިރު، އިއްޔެވެސްވަނީ ބަހުގެ ހަމަލާތަކެއް ޓްވިޓާ މެދުވެރިކޮށް އެކޮނޮމިކް މިނިސްޓަރ ފައްޔާޒަށް އަމާޒުކޮށްފައެވެ. ޖާބިރުގެ މަންމައާ ދިމާއަށް އައުގުރާނަ ގޮވިކަމަށްބުނެ މަގާމުން ދުރުކުރުމަށް ރައީސް އިބުރާހިމް މުހައްމަދު ޞާލިހަށް އަމުރުކޮށް ޓުވީޓްކުރިނަމަވެސް، އަނބިކަނބަލުން ދިޔާނާގެ ޓްވީޓާއެކު ޖާބިރުވަނީ ކުރެއްވި ޓްވީޓަތައް ޑިލީޓްކޮށްލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.