ރައީސް އިބުރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް އައިސް އެހުރީ އަބުދު ﷲ ޖާބިރުގެ ލާރިން ކަމަށް ވިދާޅުވެއްޖެއެވެ.

މިހާރު ރައީސްގެ ސްޕެސަލް އެންވޯއީގެ މަގާމުގައި ހުންނެވި ޖާބިރު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"އޭނާ މަގާމުން ދުރުކުރުން ނޫން ގޮތެއް އިބުރާހިމް މުހައްމަދު ޞާލިހަށް ދެން ނޯންނާނެ. ރައީސް އެ މަގާމަށް ގެނެސް އެހުރީ މަގޭ ލާރިން" ކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ. ޖާބިރު މިހެން ވިދާޅުވީ، އިކޮނޮމިކް މިނިސްޓަރ ފައްޔާޒަށް އިޝާރާތްކޮށެވެ. މިއަދު ޖާބިރު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުން ފައްޔާޒުވަނީ ޖާބިރުގެ މަންމައަށް އައުގުރާނަ ގޮވާފައި ކަމަށާއި މިހާރުން މިހާރަށް އެބޭފުޅާ މަގާމުން ދުރުކުރުމަށް ރައީސް ސާލިހަށް އަމުރު ކުރާ ކަމަށެވެ.

ރައީސް ސާލިހަށް ޖާބިރު މި މޭރުމުން އަމުރުކޮށްފައިވާއިރު ކެބިނެޓް އެކުލަވާލުމުގެ ކުރީން އިކޮނޮމިކް މިނިސްޓަރކަމަށް އައުމުގެ ޝައުގުވެރިކަން ފާޅުކުރިކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި ސޯސަލް މީޑިޔާގައި ޖާބިރަށް ތާއީދުކޮށް ކެމްޕޭންވެސްވަނީ ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.