ސިޓީ ކައުންސިލްތަކުން ކުރީގެ ސަރުކާރުން ނަގާފައިވާ ބާރުތައް އަލުން ދޭން ކެބިނެޓުން ނިންމާފައިވާކަމަށާއި އެގޮތުން އެކިއެކި ބޭނުމަށް ބިން ދޫކުރުމާއި ބިމާއި އިމާރާތްތައް ރަޖިސްޓްރީކުރުމާއި އިމާރާތްކުރުމުގެ ހުރިހާ ކަމެއް ވަނީ ސިޓީ ކައުންސިލްތަކަށް ދޫކޮށްލާފައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަހުގައި ބޭއްވި ރަސްމިޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ،  އެ ރަށެއްގެ ވިޔަފާރިތަކާއި ދިރިއުޅޭ މީހުންގެ މައުލޫމާތު ހޯދައި ބެލެހެއްޓުމާއި މަގުތަކާއި، ޖެޓީތަކާއި، ފާލަމާއި، ފެރީ ޓާމިނަލްތައް ހެދުމާއި މަރާމަތުކޮށް ބެލެހެއްޓުމަކީ ވެސް ސިޓީ ކައުންސިލްތަކަށް ދޫކޮށްލާފައިވާ ބާރުތަކެއްކަމަށެވެ. މި ހަފުތާގެ ތެރޭގައި ވެސް ކެބިނެޓްގައި މަޝްވަރާކޮށް އެހެން ބާރުތަކެއްވެސް ސިޓީ ކައުންސިލްތަކަށް ދޫކޮށްލައްވާނެ ކަމަށާއި، ލާމަރުކަޒީ ނިޒާމްގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް މި ވާހަކަފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.  

އަދި އިތުރަށް ވިދާޅުވީ ހުރިހާ ބާރުތައް ސަރުކާރަށް ދީގެން ހިންގުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫންކަމަށާއި، ރާއްޖެ ތަރައްގީ ކުރެވޭނީ ލާމަރުކަޒީ ފުރިހަމަ ނިޒާމެއް ގާއިމްކޮށްގެންކަންމަށްވެސް އެމަނިކުފާނުވަނީ ފާހަގަކުރައްވައިފަ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.