ހދ. ނޮޅިވަރަމުގައި މިހާރު ކުރިޔަށްދާ ނޮޅިވަރަމް ސުޒުކީކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ކުޅުދުއްފުށީ ހިރަފުސް ޓީމް ދަތުރުކޮށްފިއެވެ.
ހިރަފުސް ޓީމް ފައިނަލަށް ދަތުރުކުރީ މުބާރާތުގެ ސެމީ ފައިނަލުގައި މިއަދު ހަވީރު ނޮޅިވަރަމް ފްރެންޑްސް ޔުނައިޓެޑާ ވާދަކޮށް 3-2 ން ކާމިޔާބުކޮށްގެނެވެ. މިމެޗުގެ ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ފްރެންޑްސް ޔުނައިޓުންނެވެ. ނަމަވެސް މާގިނަ ވަގުތެއްނުވެ ހިރަފުސްއިން ލަނޑު ޖަހާ ނަތީޖާ ހަމަހަމަކުރިއެވެ. ފުރަތަމަ ހާފު ނިމުނީ 1-1 އިން އެއްވަރުވެގެނެވެ. ދެވަނަ ހާފު ފަށައިގެން ހިރަފުސް ޓީމުގެ ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއަކީ، އިތުރު ލަނޑު ޖަހައި ލީޑުނެގުމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހިރަފުސްޓީމުގެ ޖާޒީ ނަމްބަރު 21 އަލީ އަބޫބަކުރު (ރަނި އަލީ) އެވެ.
ނޮވެމްބަރ 25 ވަނަ ދުވަހުން ފެށިގެން ކުރިޔަށްދާ މި މުބާރާތުގައި ޖުމްލަ 11 ޓީމުވަނީ ބައިވެރިވެފައެވެ. ދެ ގުރޫޕަށް ބަހާލައިގެން ކުރިޔަށްދާ މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ 12 ޑިސެމްބަރުވާ ބުދަ ދުވަހު ހަވީރުއެވެ.