ކޮރަޕްޝަންތައް ހާމަކުރާ މީހުންނަށް ރައްކާތެރިކަން ދިނުމާ ބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި އެވެ. މި ބިލް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.

މި ބިލްގެ ފުރަތަމަ ކިޔުން އިއްވުން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. ބިލްގެ ކަންކަމުގެ ތަފްސީލްތައް މަޖިލީހުން ހާމަ ކުރާނީ ފުރަތަމަ އަޑު އިއްވުމުންނެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ހާމަކުރި ގާސިމް އަބުދުލްކަރީމްއަށް ނުހައްގުން އެތައް އަދަބުތަކެއް ދީފައިވާކަން ފާހަގަކުރައްވާ ކޮރަޕްޝަންތައް ހާމަކުރާ ފަރާތްތަކަށް ގާނޫނުން ރައްކާތެރިކަން ދެއްވާނެ ކަމަށާއި، އެކަމަށް ހާއްސަކޮށް ކޮރަޕްޝަންތައް ހާމަކުރާ މީހުންނަށް ހިމާޔަތް ކުރެވޭނެ ގާނޫނެއް ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮރަޕްޝަންތައް ހާމަކުރާ ފަރާތްތަކަށް ގާނޫނީ ރައްކާތެރިކަން ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *