އިންޑިއާގެ މަނަވަރެއް މިއަދު ރާއްޖެ އަތުވެއްޖެ ކަމަށް އެމްއްންޑީއެފެއިން މައުލޫމާތު ދީފިއެވެ. 

އިންޑިއަން ނޭވަލް ޝިޕް (އައިއެންއެސް) "ރަނާ" ރާއްޖެއަށް ކުރާ މި ދަތުރަކީ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަވައިލަންސް ކުރުމުގެ ގޮތުން ކުރާ ދަތުރެށް ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވިއެވެ.

އިތުރަށް ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެއްކަމަށާއި، މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ވަނީ ހަމަޖެހިފަ ކަމައްވެސް އެމްއެންޑީއެފްއިން މައުލޫމަތު ދެއްވިއެވެ.

މިހަރަކާތް ނިންމާލުމަށްފަހު އައިއެންއެސް "ރަނާ" ރާއްޖެއިން ފުރާނީ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

ރާއްޖޭގެ ކަންޑުގެ ސަރަހައްދު ޕެޓްރޯލް ކުރުމަށް އިންޑިއާއިން ފޮނުވި މަނަވަރު (އައިއެންއެސް) "ރަނާ" އަކީ ހަނގުރާމަމަތީ ގިނަ ވަސީލަތްތަކެށް ހަރުކުރެވިފައިވާ، ދިގު މިނުގައި 482 ފޫޓް ހުންނަ، އަދި ފުޅާމިނުގައި 52 ފޫޓް ހުނަން އުޅަނދެކެވެ. މީގެ ކުރިންވެސް އިންޑިއާއިން ވަނީ ރާއްޖޭގެ އެކިއެކި އަސްކަރީ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އިންޑިއާގެ ދެ ހެލިކޮޕްޓަރު ރާއްޖޭއަށް ހަދިޔާ ކޮށްފައިވާއިރު މި ދެ ހެލިކަޕްޓަރު ވެސް އޮޕަރޭޓް ކުރަނީ އިންޑިއާގެ ވައިގެ ސިފައިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.