ޖިންސީ ޝިކާރައިން ކުޑަކުދިން ސަލާމަތް ކުރެވޭނީ ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާ ކޮށްގެން ކަމަށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

ހޯރަ އިއްބެގެ މައްސަލައިގައި އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކުޑަކުއްޖަކު އެއްވެސް މީހެއްގެ ޖިންސީ ޝިކާރައަކަށް ވިޔަ ނުދިނުމަށްޓަކައި، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދޭން ޖެހޭ ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ. އަދި އެކުދިންނަށް ދިރުއުޅުމުގައި ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ނުހަނު ބޮޑެތި މަސައްކަތްތަކެއް ކުރަންހުރިކަމަށާއި އެމައްސަކަތް ކުރުމުގައި އެމްޑީޕީގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަމުގެ ޔަގީންކަންދޭ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އަދި އިތުރަށް އެމްޑީޕީން ބުނީ، މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައިވާ ގޮތުން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށާއި ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގުމުގެ ކުށް ސާބިތުވާ މީހުންނަށް މާފު ނުދެވޭނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.