އެމް.ޕީ ކަޕް 2018 ގެ 7 ވަނަ މެޗުގައި ހިރިލަންދޫއާއި ކަނޑޫދޫ ބައްދަލު ކުރިމެޗް ހިރިލަންދޫ ޓީމް 6-1 ތަފާތުބޮޑު ނަތީޖާއަކުން ހިރިލަންދޫ ޓީމް މެޗް ކާމިޔާބު ކޮށްފިއެވެ.
ހިރިލަންދޫ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 25 ވަނަ މިނެޓްގައި ހިރިލަންދޫ ޓީމުގެ ޖާޒީ ނަންބަރު 11 މޫސާ ފާއިޒެވެ. 2 ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ 59 ވަނަ މިނެޓްގައި ހިރިލަންދޫ ޓީމުގެ ޖާޒީ ނަންބަރު 23 މުއީދެވެ.
މެޗުގެ 62 މިނެޓްގައި ކަނޑޫދޫ ޓީމަށް މިމެޗުގައި ލިބުނު ހަމައެކަނި ޕެނެލްޓީ ލިބިގެންދިޔައެވެ. ކަނޑޫދޫ ޓީމުގެ ޖާޒީ ނަންބަރު 17 މުހައްމަދު ޒިދާންގެ ޕެނެލްޓީ ގޯލްގެ ތެރެއަށް ފޮނުވާލާ މިމެޗުގައި ކަނޑޫދޫން ޖެހި ހަމަ އެކަނި ގޯލު ކާމިޔާބު ކޮށްދިނެވެ.
ކުޅުމުގެ ތެރެއިން މެޗުގެ 70 ވަނަ މިނެޓްގައި މޫސާ ފަޔާޒްގެ 2 ވަނަ ލަނޑު ފެނިގެންދިޔައެވެ. ފޯރިގަދަ މިމެޗްގައި ހިރިލަންދޫ ޓީމުގެ ޖާޒީ ނަންބަރު 20 ރިފްޝާންގެ ލަނޑު ފެނިގެން ދިޔައީ 75 ވަނަ މިނެޓް ތެރޭގައެވެ. މިލަނޑާއި އެކު ގާތްގާތުގައި، 78 ވަނަ މިނެޓްގައި އިތުރު ގޯލެއް ހިރިލަންދޫ ޓީމުގެ ޖާޒީ ނަންބަރު 16 މުހައްމަދު އަކްރަމް ކާމިޔާބު ކޮށްދިނެވެ.
ހިރިލަންދޫ ޓީމުގެ ތަފާތުބޮޑު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެންމެފަހު ލަނޑެއްގެ ގޮތުން ފެނިގެންދިޔައީ މެޗުގެ 88 ވަނަ މިނެޓްގައި ހިރިލަންދޫ ޓީމުގެ ޖާޒީ ނަންބަރު 16 އަހްމަދު އަޒީމް ޖަހައިދިން ލަނޑެވެ.
މިމުބާރާތުގެ 8 ވަނަ މެޗްގައި މާދަމާ ބައްދަލުކުރަން ހަމަޖެހިފައި ވަނީ ކިނބިދޫ އާއި ވަންދޫއެވެ.